
މާލެެ ސިޓީ ކައުންސިލުން މާލޭގެ ބައެއް މަގުތައް ސާފުކުރުން
ވޭތުވެދިޔަ 17 ދުވަހު އެކަނިވެސް މާލޭގެ މަގުމަތިން 264 އެއްހާ ޓަނުގެ ކުނި ނަގާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ 12 މާރޗް 2024ވީ އަންގާރަ ދުވަހު އެކަނިވެސް މާލެސިޓީ ކައުންސިލްގެ މުވައްޒަފުން މާލޭގެ މަގުތަކުން 38 ޓަނުގެ ކުނި ނަގާފައިވާ ކަމަށެވެ.
މިދިޔަ 17 ދުވަސްތެރޭ 263.5 ޓަނުގެ ކުނި މާލެ ތެރެއިން ނެގިފައިވާއިރު، މިއީ 25 ފޫޓުގެ 10 ކޮނޓޭނަރަށްވުރެ ގިނަ ކުނި ކަމަށްވެސް އާޒިމް ވިދާޅުވި އެވެ.
ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން، ގެތައް ސާފުކުރުމަށްފަހު މާލޭގެ އެކި މަގުތަކަށް ކުނި ނެރެ އުކާނުލާ ބެހެއްޓުމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ. މިކަމާއި ގުޅިގެން ދުއްވާ އުޅަނދުތަކަށާއި، މަގު ބޭނުންކުރާ ފަރާތްތަކަށްވެސް ދަތިތައް އަންނަނީ ކުރިމަތިވަމުންނެވެ.
މިއާއި އެކު މާލެ ސިޓީ ކައުންސިލްގެ އިތުރުން ވެމްކޯގެ އެމްޑީ މުޖުތަބާ ޖަލީލްގެ އިސްނެންގެވުމާއި އެކު އެކުންފުނިން ވަނީ މާލޭގެ މަގުތަކުގައި ހުރި ކުނިތައް ނެގުމުގެ މަސައްކަތް ފަށާފައި އެވެެ.
ގުޅުންހުރި

ޕީއެންސީ ޓިކެޓުގައި ވާދަކުރާ މާލެ ސިޓީގެ ކެންޑިޑޭޓުން، ދޮރުން ދޮރަށް ހަރަކާތް ރަސްމީކޮށް ފަށައިފި

އާދަމް އާޒިމްގެ މަސައްކަތް އެމްޑީޕީގެ މެމްބަރުން ބަލައިގެންފި - ސޯލިހް

ވާދަވެރި ޕްރައިމަރީ ކާމިޔާބުކޮށް މާލޭ މޭޔަރު ކަމުގެ އެމްޑީޕީ ޓިކެޓު އާދަމް އާޒިމްއަށް!




