logoEN
cocacola
އިންޑިއާއިން އަމިއްލަ އަށް އުފެއްދި ތޭޖާސް މަރުކާގެ ފައިޓާ ޖެޓެެއް ވެއްޓިއްޖެެ

އިންޑިއާއިން އަމިއްލަ އަށް އުފެއްދި ތޭޖާސް މަރުކާގެ ފައިޓާ ޖެޓެެއް ވެއްޓިއްޖެެ

އަހުމަދު ޝުރާއު

logo

3/12/2024, 8:09:26 PM

# އިންޑިއާ

ފޮޓޯ: ރޮއެޓާސް

އިންޑިއާއިން އަމިއްލަ އަށް އުފެއްދި ފައިޓާ ޖެޓްތަކެއް ކަމަށްވާ " ތޭޖާސް' " މަރުކާގެ ފައިޓާ ޖެޓެެއް ވެއްޓިއްޖެެ އެވެ.

ގޮސިޔާ

އެގައުމުގެ ވައިގެ އަސްކަރިއްޔާއިން ބުނީ އިންޑިއާގެ ހުޅަނގުގެ ސްޓޭޓެއް ކަމަށްވާ ރާޖަސްތާން ސްޓޭޓަށް އިންޑިއާގެ ވައިގެ ސިފައިންގެ ފައިޓާ ޖެޓެއް މިއަދު މެންދުރުގެ ވަގުތެއްގައި ވެއްޓިފައިވާ ކަމަށެވެ. އެގޮތުން ވެއްޓިފައިވަނީ ތޭޖަސް މަރުކާގެ ބޯޓެެއްކަން އަސްކަރިއްޔާއިން ވަނީ ކަށަވަރުކޮށްދީފައި އެވެ.

އަސްކަރިއްޔާއިން އިތުރަށް ބުނީ ޖެެޓު އެއްކޮށް ވެއްޓުމުގެ ކުރިން ޖެޓުގެ ޕައިލެޓް ޖެޓުން ވައި ކުޑައެއްގެ އެހީގައި ފުންމައިލާފައިވާ ކަމަށެވެ. އަދި ޕައިލެޓަށް މި ހާދިސާގައި އެއްވެސް އަނިޔާއެއް ވެފައި ނުވާކަމަށް އަސްކަރިއްޔާއިން ވަނީ ބުނެފައި އެވެ.

މިއީ މީގެ ގާތްގަނޑަކަށް އަށް އަހަރު ކުރިން އޮޕަރޭޟަނަށް ގެނައި އިންޑިއާގެ އަމިއްލަ އުފެއްދުމެއް ކަމަށްވާ ތޭޖަސްގެ ފުަރަތަމަ ކްރޭޝް އެވެ.

"ތޭޖާސް" ގެ ނަމުން ނަންދީފައިވާ މި ލައިޓް ކޮމްބެޓް ޖެޓު އޮޕަރޭެޝަނަށް ގެނައީ 2016 ވަނަ އަހަރު އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ