
ދަރިވަރުންގެ އިހްޔާ ފޯރަމް
ރަމަޟާން މަހާއި ދިމާކޮށް ރަމަޟާން މަހުގެ ރޭތައް އިހްޔާ ކުރުމަށްޓަކައި އިސްލާމިކް މިނިސްޓްރީއިން އިސްނަގައިގެން ކުރިޔަށްގެންދާ އިހްޔާ ފޯރަމުތަކުގެ ތެރެއިން ސްކޫލު ދަރިވަރުންނަށް ޚާއްސަކޮށްގެން މިއަހަރު ބާއްވާ ދަރިވަރުންގެ އިހްޔާ ފޯރަމުގެ ފުރަތަމަ ފޯރަމް މިރޭ ( ބުދަ ) ބޭއްވުމަށް ތައްޔާރުވެއްޖެ އެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނީ ދަރިވަރުންގެ ފުރަތަމަ އިހްޔާ ފޯރަމް ޚާއްސަކުރެވިފައިވަނީ މަދަރްސަތުލް އަރަބިއްޔާ އަށް ކަމަށާއި މި ފޯރަމް އޮންނާނީ މިރޭ 21:30 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ކަމަށެވެ.
އެގޮތުން މި އިހްޔާ ފޯރަމްގެ މައުޟޫއަކަށް ކަނޑައަޅާފައިވަނީ " މަސްޖިދުލް އަޤްސާއާއި މުސްލިމުންނާއި ގުޅިފައިވާ މިންވަރު " މައުޟޫއަށެވެ.
ދަރިވަރުންގެ އިހްޔާ ފޯރަމަކީ ސްކޫލް ދަރިވަރުންގެ މެދުގައި ދީނާއިމެދު އޮންނަ ލޯބި އިތުރުކުރުވުމުގެ މަޤުޞަދުގައި ބާއްވާ ފޯރަމެކެވެ. ދަރިވަރުންގެ އިހްޔާ ފޯރަމް ކުރިއަށް ގެންދަނީ ވަކި މައުޟޫއެއް ނެގުމަށްފަހު ސްކޫލްތަކަށް އެ މައުޟޫޢު ހަވާލުކޮށް ދުރާލާ ތައްޔާރުވެގެންނެވެ. އެގޮތުން މި ފޯރަމުގެ ކަންކަން ކުރިޔަށް ގެންދާނީ ދަރިވަރުންނެވެ.
މި ފޯރަމުތަކުގައި ޢިލްމުވެރިން އެދަރިވަރުން ބޭނުންވާ މަޢުލޫމާތުތައް ފޯރުކޮށްދޭނެއެވެ. އަދި ތައްޔާރުކުރާ ޕްރެޒެންޓޭޝަން ނިމުމުން ރަނގަޅަށް ބެލުމަށްފަހު އެއްވެސް މަޢުލޫމާތެއް މަދުވާނަމަވެސް އެ މަޢުލޫމާތެއް ޢިލްމުވެރިން ފޯރުކޮށްދޭނެއެވެ.
މިއަހަރު ޖުމުލަ 4 ދަރިވަރުންގެ އިހްޔާ ފޯރަމް ބޭއްވުމަށް ވަނީ ނިންމާފައި އެވެ. އެގޮތުން މިއަހަރުގެެ ދަރިވަރުންގެ އިހްޔާ ފޯރަމްތައް ހޯސްޓު ކުރާނީ އަރަބިއްޔާގެ އިތުރުން ސީއެޗްއެސްސީ އާއި ވިލާ ހައި އިންޓަނޭޝަލް ސްކޫލުގެ އިތުރުން އަހްމަދިއްޔާ ސްކޫލެވެ.
ގުޅުންހުރި

އައިޔޫއެމް ތަރައްޤީ ކުރުމަށް އޯއައިސީގެ ދަށުން ހިންގަމުން އަންނަ ޔުނިވާސީޓީތަކުގެ އެހީތެރިކަން ހޯދުމަށް މަޝްވަރާކޮށްފި

2024 ވަނަ އަހަރު ކިޔާފައިވާ ޚުޠުބާތަކުގެ އިނގިރޭސި ތަރުޖަމާ ނެރެފި

ފިކުރީ ބަލިމަޑުކަމުގެ ހަގީގީ ހައްލަކީ އިތުބާރުހުރި މަސްދަރުތަކުން އިލްމު ހޯދުން – ވަޒީރު
