logoEN
cocacola
އެހީތައް އެތެރެކުރުމަށް ވަގުތީ ފާލަމެއް ހެދުމަށް އެމެރިކާ ސިފައިން ޣައްޒާއަށް!

އެހީތައް އެތެރެކުރުމަށް ވަގުތީ ފާލަމެއް ހެދުމަށް އެމެރިކާ ސިފައިން ޣައްޒާއަށް!

އަހުމަދު ޝުރާއު

logo

3/12/2024, 6:45:00 PM

# އެމެރިކާ# ފަލަސްތީން - އިސްރާއިލް

އެމެރިކާ ސިފައިން

ކާނާއާއި ބޯފެން ފަދަ ޒަރޫރީ ސާމާނުން މަހުރޫމް ވެފައިވާ ފަލަސްތީނުގެ ޣައްޒާގައި މީހުންނަށް އަވަސް އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ ބޭނުމުގައި އެމެރިކާއިން ޣައްޒާގެ ކަނޑުގެ އައްސޭރީގައި އަޅާ ވަގުތީ ފާލަމުގެ މަސައްކަތައް އެމެރިކާގެ ގިނަ އަދަދެއްގެ ސިފައިން ޣައްޒާއަށް ދަތުރު ފަށައިފި އެވެ.

ގޮސިޔާ

އެމެރިކާގެ ދިފާއީ ވުޒާރާއާއި ހަވާލާދީ ބޭރުގެ ރިޕޯޓުތައް ބުނާގޮތުގައި އެމެރިކާގެ ވާޖީނިއާ ސްޓޭޓްގެ ބޭސްއަކުން ޣައްޒާގެ އައްސޭރިފަށުގައި ވަގުތީ ބަނދަރެއް އެޅުމަށް ބޭނުންވާ 100 އެއްހާ ސިފައިންނާއި އާލާތްތައް ހިފައިގެން އެމެރިކާގެ އަސްކަރިއްޔާގެ ހަތަރު އުޅަނދެއް މިހާރު ވަނީ ޣައްޒާއަށް ފުރާފައި އެވެ.

އެމެރިކާގެ އަސްކަރިއްޔާގެ ބްރިގޭޑިއަރ ޖެނެރަލް ބްރެޑް ހިންސަން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އާ ފެސިލިޓީގައި ބޮޑެތި އުޅަނދުތަކުން ކުދި އުޅަނދުފަހަރަށް ދޭ އެހީ ގެނައުމުގެ އޮފްޝޯ ޕްލެޓްފޯމަކާއި، އައްސޭރިފަށަށް އެހީތައް ގެނައުމަށް ޓަކައި ޕިއަރއެއް ހިމެނޭނެ ކަމަށެވެ.

7 ވަނަ ޓްރާންސްޕޯޓް ބެޓަލިއަން (އެކްސްޕެޑިޝަނަރީ) ގެ ގާތްގަނޑަކަށް 500 ސިފައިން މި އޮޕަރޭޝަންގައި ބައިވެރިވާނެ ކަމަށް ހިންސަން ވިދާޅުވި އެވެ.

މި ފާލަން ނިމުމުން ފާލަމަށް މުދާ ބޭލުމުގެ މަސައްކަތް ކުރާނީ އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ކަމަށް އެމެރިކާއިން ވަނީ މީގެ ކުރިން ބުނެފައި އެވެ. އެމެރިކާއިން މިފަދައިން ނިންމާފައިވާއިރު ޣަައްޒާއަށް އެއްގަމު މަގުން އެހީތައް ވެއްދުމަށް އިސްރާއީލުން އަންނަނީ އަދިވެސް ދަތިކޮށް ހުރަސް އަޅަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ