logoEN
cocacola
ތައި އެއާވޭސްގެ ދަތުރުތައް ލަންކާއަށް ފަށަނީ

ތައި އެއާވޭސްގެ ދަތުރުތައް ލަންކާއަށް ފަށަނީ

އަހުމަދު ޝުރާއު

logo

3/12/2024, 6:31:44 PM

# ސްރީލަންކާ

ތައި އެއާވޭސްގެ ފްލައިޓެއް

ތައިލެންޑްގެ ގައުމީ އެއާލައިން ކަމަށްވާ ތައި އެއާލައިންސްއިން އަވަށްޓެރި ސްރީލަންކާއަށް އަލުން ދަތުރުތައް ފެށުމަށް ނިންމައިފި އެވެ.

ގޮސިޔާ

ލަންކާގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި ތައި އެއާވޭސްގެ ޝެޑިއުލް ދަތުރުތައް ލަންކާއަށް ފެށުމަށް ނިންމާފައިވަނީ އަންނަ އޭޕްރީލް މަހުން ފެށިގެންނެވެ.

ލަންކާގެ މައި އެއާޕޯޓް ކަމަށްވާ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓް (ބީއައިއޭ) އިން ނެރުނު ބަޔާނެއްގައި ބުނީ ތައި އެއާވޭސްގެ ދަތުރުތައް އަލުން ބީއައިއޭއަށް ފަށާނީ 01 އޭޕްރީލް 2024 ގައި ކަމަށެވެ.

ލަންކާގައި ތައި އެއާލައިންސްގެ ޖެނެރަލް ސޭލްސް އޭޖެންޓަށް ހަމަޖައްސާފައިވަނީ އެމްއޭސީ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑެވެ.

ތައި އެއާވޭސް އިން ޔޫރަޕް، އޮސްޓްރޭލިއާ، އޭޝިއާ އަދި ތައިލެންޑްގެ މުހިންމު މަންޒިލްތަކަށް ދަތުރުކުރެ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ