logoEN
cocacola
ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަކަށް ބީއެމްއެލްގެ އެހީ!

ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަކަށް ބީއެމްއެލްގެ އެހީ!

އަހުމަދު ޝުރާއު

logo

3/11/2024, 6:23:24 PM

# ބީއެމްއެލް

ބީއެމްއެލުން ގުރަދޫ މަރުކަޒަށް އެހީ ފޯރުކޮށްދިނުން

ބީއެމްއެލްގެ އެހީގައި ގުރައިދޫ މަރުކަޒުގައި އިންޑަސްޓްރިއަލް ބަދިގެއެއް ގާއިމްކޮށްފި އެވެ.

ގޮސިޔާ

ބީއެމްއެލުން ބުނީ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކުރިޔަށްގެންދިޔަ ޕްރޮޖެކްޓެއްގެ ދަށުން ގުރަދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި އިންޑަސްޓްރިއަލް ބަދިގެއެއް ގާއިމްކޮށް އެތަނަށް ބޭނުންވާ އާލާތްތަކެއް ހަދިޔާކޮށް، ކާބޯތަކެތި ރައްކާކުރުމަށް ޖާގައެއް ވަނީ ގާއިމްކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން އެ މަރުކަޒުގައި މަސައްކަތްކުރާ އަންހެން އަދި ފިރިހެން މުވައްޒަފުން ބޭނުންކުރުމަށް ލޮކަރތަކާއި ފާހަނާ އާއި ސައިބޯ ކޮޓަރިއެއްވެސް ވަނީ ގާއިމްކޮށްފައެވެ. އަދި މަރުކަޒުގެ މުވައްޒަފުންނާއި ބަލިމީހުންނަށް ބޭނުންކުރުމަށްއެ ބޭންކުން ވަނީ ލައިބްރަރީ ކޯނަރއެއްވެސް ގާއިމްކޮށްފައެވެ.

View post on Twitter

މި ޕްރޮޖެކްޓްގެ އެހީގައި މަރުކަޒުގެ ވޯޑުތަކަށް އެނދު، ގޮދަޑި، ސޯފާ، ގޮނޑި ފަދަ މުހިންމު ފަރުނީޗަރުވެސް ވަނީ ހަދިޔާކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ