
އިންޑޮނީޝިއާއަށް ބޯކޮށް ވާރޭވެހި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ގިނަ ބަޔަކު މަރުވެއްޖެ
# އިންޑޮނީޝިޔާއިންޑޮނީޝިއާގެ ސުމަޓްރާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައި
އިންޑޮނީޝިއާގެ ސުމަޓްރާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 26 މީހުން މަރުވެއްޖެއެވެ.

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ހުޅަނގު ސުމަޓްރާ ޕްރޮވިންސްގެ ނުވަ ޑިސްޓްރިކްޓަކާއި ސިޓީއަކަށް ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އަދި މިދިޔަ ހުކުރު ދުވަހުގެ ރޭ ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ކޯރެއް ބަންޑުންވެ ޕެސިސިރް ސެލަޓަން ޑިސްޓްރިކްޓްގެ ފަރުބަދަ މަތީ އަވަށްތަކުގައި ދިރިއުޅޭ މީހުންނާއި ގެދޮރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެެ.
އެގައުމުގެ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އެޖެންސީން ބުނީ, ބޯކޮށް ވާރޭވެހުމުގެ ސަބަބުން, ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށެވެ. ނަމަވެސް ކަރަންޓު ކެނޑުމާއި, ބްރިޖްތައް ހަލާކުވުމާއި, މަގުތައް ބްލޮކްވުމުގެ ސަބަބުން އެހީތެރިކަން ފޯރުކޮށްދިނުމަށް އުނދަގޫތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
އެ އެޖެންސީގެ ތަރުޖަމާނު އަބްދު މުހާރީ އާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި, މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް މިހާތަނަށްނ 26 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެންމެ ގިނައީ އެންމެ ބޮޑަށް ގެއްލުން ލިބުނު ޕެސިސިރު ސެލަޓަންއާއި އަވަށްޓެރި ޕަޑަންގް ޕަރިއާމަން ޑިސްޓްރިކްޓްގެ އަވަށްތަކުން މަރުވެފައިވާ މީހުން ކަމަށެވެ.
އަދި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 14 ގެއެއް އެއްކޮށް ވަޅުލެވިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ގިނަ އަދަދެއްގެ ބަޔަކު ޒަޚަމްވެފައިވާއިރު, އަދިވެސް އިތުރު 11 މީހަކު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަދި ހުޅަނގު ސުމަޓްރާ ޕްރޮވިންސްގެ 37,000 އަށްވުރެ ގިނަ ގެތަކާއި އިމާރާތްތައް ފެންބޮޑުވުމުގެ ސަބަބުން އަޑިއަށްގޮސްފައިވާ ކަމަށްވެސް މުހާރީ ވިދާޅުވިއެވެ.
ފެންބޮޑުވުމުގެ ސަބަބުން 26 ބްރިޖާއި 45 މިސްކިތާއި 25 ސްކޫލަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. އަދި 13 މަގަކާއި، އިރިގޭޝަން ސިސްޓަމްގެ ދެ ޔުނިޓް ހަލާކުވެ، 113 ހެކްޓަރު (279 އޭކަރު) ގެ ހަނޑޫ ދަނޑުތަކާއި، 300 އަކަ މީޓަރު (3،230 އަކަފޫޓު) ގެ ގަސް އިންދާފައިވާ ބިންތަކަށްވެސް ގެއްލުންވެފައިވާ ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.
ގުޅުންހުރި

ފިލިޕީންސްގެ ކުރީގެ މޭޔަރު އެލިސް ގުއޯ އިންޑޮނޭޝިއާއިން ހައްޔަރުކޮށްފި

އިންޑޮނޭޝިއާއަށް ކުރަމުން އަންނަ ވިއްސާރާގައި 15 މީހުން މަރުވެއްޖެ

އިންޑޮނޭޝިޔާގެ ރައީސްއަކަށް އެގައުމުގެ ޑިފެންސް މިނިސްޓަރު އިންތިހާބުވެއްޖެ
