logoEN
cocacola
ވެމްކޯއިން މާލެ ސަރަހައްދުގައި ހިލޭ ކުނި އުކައިދިނުމުގެ އިންތިޒާމް ހަމަޖައްސައިފި

ވެމްކޯއިން މާލެ ސަރަހައްދުގައި ހިލޭ ކުނި އުކައިދިނުމުގެ އިންތިޒާމް ހަމަޖައްސައިފި

އަލްފާ އަލީ

logo

3/10/2024, 2:12:11 PM

# ވެމްކޯ

-

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން މާލެ ސަރަހައްދުގައި ކުރިއަށް އޮތް 4 ދުވަހު ހިލޭ ކުނި އުކާދިނުމުގެ އިންތިޒާމް ހަމަޖައްސައިފި އެވެ.

ގޮސިޔާ

ވެމްކޯއިން ބުނީ ރޯދައާ ދިމާކޮށް ބޮޑެތި ކުނި އުފައްދާ މިންވަރު އިތުރުވެފައިވާ މި ދަނޑިވަޅުގައި އެކުނިތައް އުކާލުމަށް ދިމާވެފައިވާ ކަންބޮޑުވުންތަކާއި ގުޅިގެން މިއަދު އިރުއޮއްސި 6:00 އިން ފެށިގެން ގްރޭޓަރ މާލެ ސަރަހައްދުގެ ޓްރާންސްފަރ ސްޓޭޝަންތަކަށް އާއްމު ރައްޔިތުން ގެންނަ ބޮޑެތި ކުނި އަދި ގެ ސާފުކުރުމުގައި އުފައްދާ ކުނި ހިލޭ އުކޭނެ އިންތިޒާމް ހަމަޖެއްސުމަށް އެކުންފުނީގެ މެނޭޖްމަންޓުން ނިންމާފައިވާ ކަމަށެވެ.

ހިލޭ ކުނި އުކޭނެ އިންތިޒާމް ހަމަޖައްސާފައި ހުންނާނީ މާރިޗު 10 ގެ 18:00 އިން ފެށިގެން މާރިޗު 13 ގެ 23:59 ގެ ނިޔަލަށް ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. މި މުއްދަތުގައި އާއްމު ރައްޔިތުންގެ ކުނި ގެންނަ ވެހިކަލްތަކުން އެންޓްރީ ފީ އަދި ޑިސްޕޯސަލް ޗާޖްވެސް ދައްކަން ނުޖެހޭނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ނަމަވެސް މި މުއްދަތުގެ ތެރޭގައި ޓްރާންސްފަރ ސްޓޭޝަނަށް ވިޔަފާރިތަކުން ކުނި އުކާނީ ހަމަ މިހާރެކޭވެސް އެއްފަދައިން ގެނެވޭ ކުނީގެ ބަރުދަނަށް ބަލައި ކިލޯއަކަށް 75 ލާރީގެ މަގުން ފީ ދެއްކުމަށް ފަހުގައި ކަމަށް ވެމްކޯ އިން ބުނެއެވެ. އަދި މިއާއެކު ސަރުކާރު މުއައްސިސާތަކުންނާއި ވިޔަފާރި އުސޫލުން ޤަވާއިދުން ކުނި އުކުމުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން މިހާރެކޭވެސް އެއްފަދައިން ކިލޯއަކަށް 2.66ރ އަދި މި ވެހިކަލްތަކުން އެންޓްރީ ފީގެ ގޮތުގައި ވަންނަ ކޮންމެ ފަހަރަކު 150ރ ދައްކަން ޖެހޭނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ވެމްކޯ އިން ބުނެފައިވާ ގޮތުގައި އާއްމު ރައްޔިތުން ގެންނަ ކުނި ހިލޭ އުކޭނެ އިންތިޒާމް ހަމަޖެހިފައިވީ ނަމަވެސް ހިލޭ އުކޭ ކުނީގެ ތެރޭގައި ތެތް ކުނި (ކާބޯތަކެތި، ފަނާވާޒާތުގެ ކުނި) އަދި އިމާރާތްކުރުމާއި ތަޅާލުމުގައި އުފައްދާ ކުނި ނުހިމެނޭނެ އެވެ. އަދި 11 މާރިޗު ވާ ހޯމަ ދުވަހު ޓްރާންސްފަރ ސްޓޭޝަންތަކުގެ ޚިދުމަތް ފެށޭނީ މެންދުރު 2:00 ގައި ކަމަށް ވެމްކޯ އިން ވަނީ ބުނެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ