logoEN
cocacola
ވެމްކޯގެ އަންހެން މުވައްޒަފުންނަށް ކޮންމެ މަހަކު އެއް ދުވަހުގެ ހާއްސަ ޗުއްޓީއެއް!

ވެމްކޯގެ އަންހެން މުވައްޒަފުންނަށް ކޮންމެ މަހަކު އެއް ދުވަހުގެ ހާއްސަ ޗުއްޓީއެއް!

# ވެމްކޯ

-

ބައިނަލްއަޤުވާމީ އަންހެނުން ގެ ދުވަހާއި ގުޅިގެން ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ އަންހެން މުވައްޒަފުންނަށް ކޮންމެ މަހަކުވެސް އެއް ދުވަހުގެ ހާއްސަ ޗުއްޓީއެއް ދިނުމަށް އެކުންފުނިން ނިންމައިފި އެވެ.

ގޮސިޔާ

ވެމްކޯ އިން ބުނި ގޮތުގައި އަންހެން މުވައްޒަފުންނަށް ހާއްސަކޮށް އަލަށް ތައާރަފު ކުރި “ސްޕެޝަލް ލީވް” ގެ ދަށުން އެ ކުންފުނީގެ ކޮންމެ އަންހެން މުވައްޒަފަކަށްވެސް މަހަކު އެއްދުވަހު ވަޒީފާއަށް ސަލާން ބުނުމުގެ ފުރުސަތު ލިބޭނެއެވެ. އަދި މި ސްޕެޝަލް ލީވް ގެ ދަށުން އަހަރަކު 12 ޗުއްޓީ ކޮންމެ އަންހެން މުވައްޒަފަކަށްވެސް ލިބިގެން ދާނެ ކަމަށް އެކުންފުނިން ބުނެއެވެ.

ވެމްކޯއިން ބުނެފައިވާ ގޮތުގައި މި ހާއްސަ ޗުއްޓީއަކީ އެނުއަލް ލީވް ނުވަތަ އަހަރީ ސަލާމް ނުހިމަނާ ގޮތައް، މުސާރަވެސް ލިބޭގޮތަށް އެކުލަވާލަފައިވާ ޗުއްޓީ އެކެވެ.

އަންހެނުންނަށް ހާއްސަކޮށް މިފަދަ ހާއްސަ ޗުއްޓީއެއް ތައާރަފް ކުރުމުގެ ބޭނުމަކީ އެ ކުންފުނީގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުން ބާރުވެރިކޮށް، އެ މުވައްޒަފުންގެ އަމިއްލަ ބޭނުންތައް ފުރިހަމަވާ ގޮތައް މަސައްކަތް ކުރުމުގެ މާހައުލު ބައްޓަންކުރުމުގެ މަގްސަދުގައިކަމަށް ވެމްކޯއިން ވަނީ ބުނެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
ކެސް

ލޮލް

މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ