logoEN
cocacola
މަސްވެރިންގެ ދަފްތަރު އެކުލަވާލުމުގެ މަސައްކަތް ޖުލައިމަހު ނިމެނެ - ޝިޔާމް

މަސްވެރިންގެ ދަފްތަރު އެކުލަވާލުމުގެ މަސައްކަތް ޖުލައިމަހު ނިމެނެ - ޝިޔާމް

އައިޝަތު އިފާޝާ

logo

3/9/2024, 6:39:39 AM

# މަސްވެރިކަމާއި ކަނޑުތަކާ ބެހޭ ވުޒާރާ

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް

މަސްވެރިންގެ ދަފްތަރު އެކުލަވާލުމުގެ މަސައްކަތް އަންނަ ޖުލައިމަހުގެތެރޭ ނިމޭނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.

ގޮސިޔާ

މަސްވެރިންގެ ދަފްތަރުގައި ބައިވެރިވުމަށް ހުޅުވާލާފައިވަނީ މިދިޔަމަހުގެ 16ވަނަ ދުވަހު ށ. ކޮމަންޑޫގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މިފަދަ ދަފުތަރެއް އެކުލަވާލުމުގެ މައިގަނޑު އެއްބޭނުމަކީ މަސްވެރިކަމަކީ ޕްރޮފެޝަނަލް މަސައްކަތެއްގެ ގޮތުގައި ކަނޑައެޅި މަސްވެރިންނަކީވެސް އެހެނިހެން މަސައްކަތްތަކެކޭ އެއްފަދައިން ދަޢުލަތުން ބަލައިގަންނަ ޢާމްދަނީ ލިބޭ މަސައްކަތެއްކުރާ ބައެއްގެ ގޮތުގައި ކަނޑައެޅުމެވެ.

އަދި މިފަދަ ދަފްތަރެއް އޮތުމަކީ މަސްވެރިން ބޭންކިންގ ނިޒާމުގެ ތެރެއަށް ވެއްދުމަށާއި، ތަފާތު އެކިއެކި ބޭނުންތަކަށް މަސްވެރިންނަށް އަމާޒުކޮށް ލޯނު ދޫކުރުމަށާއި މަސްވެރިންނަށް ދަޢުލަތުން ފޯރުކޮށްދިނުމަށް ބޭނުންވާ އިޖްތިމާޢީ ރައްކާތެރިކަމާއި ސަބްސިޑީފަދަ ވަސީލަތްތައް ސީދާ މަސްވެރިންނަށް ފޯރުކޮށްދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް މަގުފަހިވެދާނެ ކަމެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ދަފްތަރު އެކުލަވާލުމުގެ އެންމެފަހުގެ ތަފްސީލްތައް ހިއްސާކުރަމުން މަސްވެރިކަމާބެހޭ ވަޒީރު އަޙުމަދު ޝިޔާމު ވިދާޅުވީ، ވުޒާރާއިން ކައުންސިލްތަކާއި ގުޅިގެން ދަފްތަރު ފުރިހަމަ ކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި އަންނަ ޖުލައިމަހު ހިސާބު ދަފްތަރު ފުރިހަމަވެގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ޓީމުތައް، ގއ،ގދ. އައްޑޫ ސިޓީ، ފުވައްމުލަށް ސިޓީ، ލ، ށ، އދ. އަދި ހދ، އަތޮޅުގައި ޓީމުތައް ދަނީ ހަރަކާތްތެރިވަމުން، މި ޓީމުތައް ދެން ހަރަކާތްތެރިވާނީ، ހއ، ޅ، ތ، އަދި ހަމަ އެއާ އެކީ މާލެ ހުޅުމާލެ، މި ސަރަހައްދުގައި،" ވަޒީރު ޝިޔާމު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މި ދަފްތަރުގައި ހުރިހާ ބާވަތެއްގެ މަސްވެރިކަންކުރާ ފަރާތްތައް ހިމެނިގެންދާނެ ކަމަށެވެ.

މަސްވެރިކަމާބެހޭ ޤާނޫނުގެ ދަށުން މަސްވެރިންގެ ދަފުތަރެއް އެކުލަވާލުމަށް ކަނޑައަޅާފައި އޮތްނަމަވެސް މިހާތަނަށް އެފަދަ ދަފުތަރެއް އެކުލަވާލާފައި ނުވެއެވެ. އަދި މިހާތަނަށް ސަރުކާރުގެ ކަމާބެހޭ ވުޒާރާއިން ބޮޑަށް ބަލަހައްޓަމުން ގެންދިޔައީ ކަނޑުމަހުގެ މަސްވެރިކަމުގެ މަޢުލޫމާތުކަމަށާއި ފަރުމަސްވެރިކަމުގެ ހަރަކާތްތަކާއި އުޅަނދުތަކުގެ މަޢުލޫމާތު އެކަށީގެންވާ ގޮތެއްގައި ބަލަހައްޓަމުން ގެންދެވިފައިނުވާކަން މަސްވެރިކަމާއި ބެހޭ ވުޒާރާއިން ފާހަގަކުރެއެވެ.

މި ސަރުކާރުގެ ވަޢުދާ އެއްގޮތަށް މަސްވެރިންގެ ޤައުމީ ދަފުތަރު އެކުލަވާލާއިރު ފާނައިގެ މަސްވެރިކަން ފަދަ ފަރުމަސްވެރިކަމުގެ ބާވަތްތަކާއި ރެކްރިއޭޝަނަލް ފިޝިންގ އަދި ސްޕޯޓްސް ފިޝިންގ ފަދަ ހަރަކާތްތަކުގެ މަޢުލޫމާތުވެސް ފުރިހަމަ ގޮތެއްގައި ނެގޭނެ އިންތިޒާމު ހަމަޖައްސާނެކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ