logoEN
cocacola
ސަރުކާރުން ހަދިޔާކުރާ ކާޑު މާލެ ސަރަހައްދުގެ 7 ތަނަކުން ބަހާނެ!

ސަރުކާރުން ހަދިޔާކުރާ ކާޑު މާލެ ސަރަހައްދުގެ 7 ތަނަކުން ބަހާނެ!

އަހުމަދު ޝުރާއު

logo

3/7/2024, 3:03:59 PM

# އެސްޓީއޯ

ފޮޓޯ: ޕީއެސްއެމް

ސަރުކާރުން ކޮންމެ ގޭބީސީއަކަށް ހަދިޔާކުރާ ކާޑު ބެހުމަށް އެސްޓީއޯއިން އޮތީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށް އެކުންފުނިން ބުނެފި އެވެ.

ގޮސިޔާ

އެސްޓީއޯއިން މިރޭ ބުނީ ރޯދަމަހަށް ހާއްސަކޮއްގެން ސަރުކާރުގެ ފަރާތުން ކޮންމެ ގޭބީސީއަކަށް ހަދިޔާ ކުރައްވާ 10 ކިލޯ ބާސްމަތީ ހަނޑޫ އަދި 10 ކިލޯ ފުށް ބެހުމަށް މިހާރު އެކުންފުނިން ވަނީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށާއި މިކަމަށް އެކަށޭނަ މުދާ މިހާރުވަނީ އެތެރެކޮށް ގުދަންކޮށް އަދި މީގެ އިތުރުން ބެހޭނޭ އިންތިޒާމުތައް ހަމަޖައްސާފައި ކަމަށެވެ.

އެސްޓީއޯއިން ބުނީ މިކަން ކުރިއަށް ގެންދަނީ ސަރުކާރުގެ ވުޒާރާތަކާއި، ކައުންސިލްތަކާއި، އަދި ބައެއް ޖަމިއްޔާތަކާއި މަޝްވަރާކުރެވި ގިނަ ބައެއްގެ އެހީތެރިކަމުގެ މަތިން ކަމަށެވެ.

މާލެ ސަރަހައްދުގައި މި ތަކެތި ބެހުމަށް ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލާއި ގުޅިގެންނެވެ. އެގޮތުން މާލެ ސަރަހައްދުގައި މުދާ ދޫކުރަން ފަށާނީ 09 މާރިޗު 2024 އިން ފެށިގެން ހަތްދުވަހުގެ ނިޔަލަށް ކަމަށް އެސްޓީއޯއިން ބުނެއެވެ. އަދި މިގޮތުން މުލަ ރޯދަ ދުވަސް އަދި ހުކުރު ދުވަހު މުދާ ބެހުމުގެ މަސައްކަތް ކުރިޔަށް ނުގެންދާނެ ކަމަށްވެސް އެސްޓީއޯއިން ބުނެއެވެ. މާލޭ ސަރަހައްދުގައި މުދާ ދޫކުރަން ނިންމާފައިވާ ގަޑިތަކަކަކީ ހެނދުނު 10:00 އިން ހަވީރު 16:00 އަށެވެ. އަދި ރޭގަނޑު 20:30 އިން 23:00 އަށެވެ. ރޯދަމަހު މުދާ ދޫކުރުމަށެ ނިންމާފައިވާ ގަޑިތަކަކީ ހެނދުނު 9:30އިން މެނދުރު 13:00 އަށެވެ. އަދި ރޭގަނޑު 21:00އިން 23:30 އަށެވެ.

މާލެ ސަރަހައްދުގެ 7 ތަނަކުން މި ތަކެތި ދޫކުރުމަށް ނިންމާފައިވާކަން އެސްޓީއޯއިން ވަނީ ހާމަކޮށްފައި އެވެ.

  1. މާލެ : ގަލޮޅު ދަނޑު, މާލެ ސިޓީ ކައުންސިލް , ސޯޝަލް ސެންޓަރ
  2. ވިލިމާލެ: ބިއްރި މިސްކިތް ހޯލް
  3. ހުޅުމާލެ ފޭސް 1: އުމަރު ޒާހިރު ބިލްޑިންގ
  4. ހުޅުމާލެ ފޭސް 2: ހިޔާ ފްލެޓް ޓަވަރ 10 ޔޫތް ސެންޓަރ

އެސްޓިއޯއިން އިތުރަށް ބުނީ ރަށްރަށަށް ގެންދާ މުދާ އެސްޓީއޯއިން ދޯނިތަކަށް ބަރުކުރަން އިއްޔެ ފަށާފައިވާ ކަމަށާއި ރަށްތަކުގައި މިތަކެތި ބެހުމުގެ މަސައްކަތް ކުރާނީ ކައުންސިލް ތަކުން ކަމަށެވެ.

ރޯދަ ހަދިޔާ ގޮތުގައި ސަރުކާރުން ދޭން ނިންމާފައިވާ ކާޑުގެ ބާވަތްތައް ދޫކުރަން ހަމަޖެހިފައިވަނީ ދިވެހިންނަށް އެކަންޏެވެ. މިގޮތުން ދޫކުރާނީ ކަރަންޓް މީޓަރުގެ ނަންބަރ އަށް ބެލުމަށްފަހު ބަލާ އަންނަ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑް ނަންބަރު ނޯޓުކުރުމަށްފަހުގައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ