logoEN
cocacola
އެސްޓީއޯއިން ފިޔާގެ އަގު ހެޔޮކޮށްފި

އެސްޓީއޯއިން ފިޔާގެ އަގު ހެޔޮކޮށްފި

އަލްފާ އަލީ

logo

3/7/2024, 1:08:03 PM

# އެސްޓީއޯ

-

ރޯދަމަހު ހެޔޮ އަގުގައި ކާބޯތަކެތީގެ ބާވަތްތައް ރައްޔިތުންނަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، އެސްޓީއޯއިން ފިޔާގެ އަގު ހެޔޮކޮށްފިއެވެ.

ގޮސިޔާ

އެސްޓީއޯ އިން ބުނެފަައިވަނ،ީ މީގެކުރިން 20 ރުފިޔާއަށް ވިއްކަމުން އައި ފިޔާ ކިލޯއެއްގެ އަގު މިހާރު 17 ރުފިޔާއަށް ކުޑަކޮށްފައިވާ ކަމަށެވެ. އަދި ކުރިން 450 ރުފިޔާއަށް ވިއްކަމުން އައި ފިޔާ ބަސްތާއެއްގެ އަގު 320 ރުފިޔާއަށް ކުޑަކޮށްފައިވާ ކަމަށްވެސް އެސްޓީއޯއިން ބުނެއެވެ.

ފިޔާގެ އިތުރުން އެސްޓީއޯއިން އަލުވި ވިއްކަނީ ކިލޯއެއް 15 ރުފިޔާއަށެވެ. އަދި ބިސް ވިއްކާނީ ބިހެއް 1 ރުފިޔާ 75 ލާރީގެ މަގުންނެވެ.

އެސްޓީއޯއިން ބުނީ ރޯދަ މަހު އެންމެ އާންމުކޮށް ޑިމާންޑް ބޮޑުވާ މި ބާވަތްތައް އެއްވެސް ދައްޗެއް ނެތި ރޯދަ މަހު ލިބޭނެ ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ