logoEN
cocacola
އިންޑިއާގައި ފަތުރުވެރިއަކު ގޭންގް ރޭޕްކޮށްލައިފި

އިންޑިއާގައި ފަތުރުވެރިއަކު ގޭންގް ރޭޕްކޮށްލައިފި

އަހުމަދު ޝުރާއު

logo

3/5/2024, 10:30:26 AM

# އިންޑިއާ

އިންޑިއާގައި ރޭޮޕާއި ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން

އިންތިހާއަށް ރޭޕް ގިނަ އިންޑިއާގައި ފަތުރުވެރިއަކު ރޭޮޕްކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ގޮސިޔާ

ބޭރުގެ ރިޕޯޓުތައް ބުނާގޮތުގައި މިކަން ހިނގާަފައިވަނީ އިންޑިއާގެ އިރުމަތީ ސްޓޭޓެއް ކަމަށްވާ ޖަރްކާންދުގައި އެވެ. އެގޮތުން ރޭޕްގެ ޝިކާރައަަށް ވެފައި ވަނީ ބްރެޒިލް-ސްޕެއިން ސިޓިޒަންޝިޕް އޮތް 28 އަހަރުގެ އަންހެނެކެވެ.

މި މައްސަލަ ފެންމަތިވެގެންދިޔައީ އެ އަންހެން މީހާ އޭނާއަށް ދިމާވި ކަންތަކުގެ ވާހަކަ ވީޑިއޯއެއްގެ ޒަރިއްޔާއިން މީސް މީޑިއާގައި އާންމުކުރުމާއި އެކުގައި އެވެ. އެ އަންހެން މީހާއާއި އެކު އޭނާގެ ފިރިމީހާވެސް އިންޑިއާއަށް ޒިޔާރާތްކުރި އެވެ.

އެ އަންހެން މީހާއާއި ފިރިހެން މީހާއަކީ މީގެ މަހެއްހާ ދުވަސްކުރިން އިންޑިއާއަށް ފަތުރުވެރިންގެ ގޮތުގައި ޒިޔާރާތްކުރި ދެމީހުންނެވެ. މި ހާދިސާ ހިނގާފައިވަނީ އެދެމީހުން އިންޑިއާގެ ސަރަހައްދުތައް ބެލުމަށް ސައިކަލުގައި ކުރަމުން އަންނަ ދަތުރުގެ ތެރެއިން އަރާމުކޮށްލުމަށް ދުމްކީ ޑިސްޓްރިކްޓްގައި މަޑުކުރި ރެއެއްގައި އެވެ.

އަންހެން މީހާ ރޭޕްކޮށްފައިވަނީ 7 މީހަކު ވެގެންކަމަށް އެގައުމުގެ ފުލުހުން ބުނެފައިވާއިރު މި މައްސަލާގައި މިހާތަނަށް 4 މީހަކު ވަނީ ހައްޔަރުކޮށްފައި އެވެ. އަދި އަނެއް 3 މީހުން ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.

މި ހާދިސާ ހިނގި އިރު އަންހެން މީހާގެ ފިރިމީހާވެސް އެތަނުގައި ހުރި ކަމަށާއި އޭނާއަށްވެސް ބޮޑެތި އަނިޔާތަކެއް ރޭޕްކުރި ކަމަށް ބުނާ މީހުން ދީފައިވާކަން ވަނީ ހާމަވެފައި އެވެ.

އެދެމަފިރިންނަކީ އޭޝިއާގެ އެކި ގައުމުތަކަށް ވޭތުވެދިޔަ މަސްތަކުގައި ދަތުރުކުރަމުން އައި ދެ ފަތުރުވެރިންނެވެ.

މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުން ބަލަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ