
ރޯދަމަހު ރެސްޓޯރަންޓްތަކާއި ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް ކަނޑައަޅައިފި
# އިޤްތިސާދީ ތަރައްގީއާ ވިޔަފާރިއާ ބެހޭ ވުޒާރާތިނަދޫގައި ހުންނަ ގޯސިޔާ ރެސްޓޯރަންޓް - ގާފު ފޮޓޯ:
ކުރިއަށް އޮތް ރޯދަމަހު މުދާ ވިއްކާ ތަންތަނާއި ކެފޭ، ރެސްޓޯރެންޓްތަކުން ޙިދުމަތް ދެވޭނެ ގަޑިތައް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ކަނޑައަޅުއްވައިފިއެވެ.

އެ ވުޒާރާއިން ވިދާޅުވީ މިމަހުގެ 8 ވަނަ ދުވަހުން ފެށިގެން ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހާއި ހަމައަށް މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 5:30 އިން މެންދަމު 1:00 އަށްކަމަށެވެ. އަދި ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަން ރޯދަމަހު ހުޅުވާފައި ބެހެއްޓޭނީ ހަވީރު 5:30 އިން މެންދަމު 3:00 އަށްކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވީ ރޯދައަށްފަހު ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހު ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 4:30 އިން މެންދަމު 3:00 އަށްކަމަށެވެ.
އެހެންކަމުން މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަނާއި މުދާ ވިއްކާ ތަންތަނުން މިކަމަށް ސަމާލުކަން ދެއްވައިގެން ޚިދުމަތް ދިނުމަށް ވުޒާރާއިން އިލްތިމާސްކުރައްވައެވެ.