logoEN
cocacola
މާލީ ދަތިކަމާއި، ކުރިން ވާރުތަވި ގޮންޖެހުންތަކާއެކުވެސް، ޙަޤީޤީ އިޤްތިޞާދު ދަނީ ރަނގަޅު ވަމުން- މިނިސްޓްރީ

މާލީ ދަތިކަމާއި، ކުރިން ވާރުތަވި ގޮންޖެހުންތަކާއެކުވެސް، ޙަޤީޤީ އިޤްތިޞާދު ދަނީ ރަނގަޅު ވަމުން- މިނިސްޓްރީ

އައިޝަތު އިފާޝާ

logo

2/17/2024, 11:15:34 AM

# ދިވެހި ސަރުކާރު# އިޤްތިސާދީ ތަރައްގީއާ ވިޔަފާރިއާ ބެހޭ ވުޒާރާ

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

މާލީ ދަތިކަމާއި, ކުރީ ސަރުކާރުން ވާރުތަވި ގޮންޖެހުންތަކާއެކުވެސް ރާއްޖޭގެ އިގްތިސާދު ދަނީ ކުރިއަރަމުން ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

ގޮސިޔާ

ސަރުކާރުން މިހެން ވިދާޅުވެފައި މިވަނީ, ރާއްޖޭގެ އިގްތިސާދު ބަނގުރޫޓުވެފައިވާ ކަމަށްބުނެ ބައެއްް ފަރާތްތަކުން ދޮގު މައުލޫމާތު ފަތުރަމުންދާ މައްސަލައާއި ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

އެގޮތުން އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ, ދިވެހިރާއްޖޭގެ ބޭންކިންގ އަދި ޕަބްލިކް ފައިނޭންސް ނިޒާމުގެ އިތުބާރު ގެއްލުވާލުމަށް ޓަކައި ބައެއް ފަރާތްތަކުން ގުޅިގެން މަސައްކަތްކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދި އެ ތުހުމަތުތަކަކީ ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކެއް ކަމަށާއި, އިޤްތިސާދީ ގޮތުންނާއި މާލީ ގޮތުން ސަރުކާރުން ފަށްޓަވާފައިވާ މަސައްކަތްތައް ފުނޑުފުނޑުކޮށްލުމަށް ކުރަމުންގެންދާ މަސައްކަތެއް ކަމަށްވެސް އެވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވިއެވެ.

އަދި ދެމެހެއްޓެނިވި ގޮތެއްގައި ހަރުދަނާ އިޤްތިޞާދެއް ބިނާކުރުމަށްޓަކައި އިޞްލާޙީ އެޖެންޑާގެ ދަށުން ކުރިއަށް ދާއިރު، އަޅުގަނޑުމެންގެ ބޭންކިންގ ނިޒާމުގެ ޢާންމު މަސްލަހަތާއި އަމަންއަމާންކަން ދެމެހެއްޓޭނެކަމުގެ ޔަޤީންކަން ސަރުކާރުން ދޭ ކަމަށްވެސް އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، އިޤްތިޞާދީ ކުރިއެރުމާއި ބެހޭގޮތުން ތަރައްޤީގެ ބައިވެރިން ދާދިފަހުން ކޮށްފައިވާ ޕޯސްޓުތަކުން ވެސް ފާހަގަކުރެވިފައިވާ ފަދައިން، އިޤްތިޞާދީ ގޮތުން ކުރިމަތިވި ގޮންޖެހުންތަކާއެކުވެސް، ޙަޤީޤީ އިޤްތިޞާދު، އުއްމީދުކުރި ވަރަށްވުރެ ރަނގަޅުވަމުންދާކަމަށްވެސް އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

އެ ބަޔާނުގައި ވަނީ އިޤްތިޞާދު ހަރުދަނާކުރުމަށާއި، އިޤްތިޞާދަށް އިތުބާރު އުފެއްދުމަށް އެންމެން ގުޅިގެން ކުރާ މަސައްކަތަށް ބުރޫއަރާފަދަ ހަގީގަތާ ޚިލާފު ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ