.jpeg&w=3840&q=75)
ތުޅާދޫ ރައްޔިތުން ދިގު އިންތިޒާރެއްކުރަމުންދާ އެއާޕޯޓްގެ އުންމީދު ހަގީގަތަކަށް ހަދައިދޭނަން - ރައީސް
# ބ. ތުޅާދޫ# ރައީސް މުއިއްޒުރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ---
ތުޅާދޫ ރައްޔިތުން ދިގު އިންތިޒާރެއްކުރަމުންދާ އެއާޕޯޓުގެ އުންމީދު ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު މެންދުރުފަހު މާޅޮސްމަޑުލު އުތުރުބުރީ ތުޅާދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ތުޅާދޫގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ތުޅާދޫގެ ދުރު ރާސްތާ އަދި މެދު ރާސްތާ ޕްލޭނަށްޓަކައި، ބިން ހިއްކުމުގެ މަޝްރޫޢެއް ކުރިއަށްގެންދަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ހަމައެއާއެކު މިއަހަރު، ތުޅާދޫގައި އިތުރު 100 ހައުސިންގ ޔުނިޓްގެ މަސައްކަތް ފައްޓަވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ޞިއްޙީ ދާއިރާ އާއި ކުޅިވަރުގެ ދާއިރާއަށްވެސް ތަރައްޤީ ގެނައުމަށްޓަކައި ތުޅާދޫގައި ކުރައްވާނެ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ރައްޔިތުންނާއި، އެމަނިކުފާނު ހިއްސާކުރެއްވިއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސިނާޢީ ގޮތުން މަސްވެރިކަމާ ލިޔެލާ ޖެހުމަކީ ތުޅާދޫގައި ކުރާ މަސައްކަތްތަކެއް ކަމުގައި ފާހަގަކުރައްވައި މީގެން ކޮންމެ ސިނާޢަތަކަށްވެސް ކުރިއެރުން ލިބޭނެ މަގުފަހިކޮށްދެއްވުމަކީ މި ސަރުކާރުގެ ސިޔާސަތެއް ކަމުގައި ވިދާޅުވެފައެވެ. އަދި ޚާއްޞަކޮށް ލިޔެލާ ޖެހުމަކީ ވަރަށް މަދުން ފެންނަ ސިނާއަތަކަށްވެފައި އަދި ދިވެހި ޤައުމިއްޔަތާ، ދިވެހިވަންތަކަމާވެސް، ގުޅިފައިވާ ސިނާޢަތެއްކަން ފާހަގަކުރައްވައި ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި ލިޔެލާ ޖެހުން ކިޔަވައިދީ ދަސްކޮށްދޭ މަރުކަޒެއް ޤާއިމުކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ތުޅާދޫއަކީ، ރައީސުލްޖުމްހޫރިއްޔާ މާޅޮސްމަޑުލު އުތުރުބުރިއަށާއި ދެކުނުބުރިއަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ވަޑައިގެންނެވި ހަތްވަނަ މަންޒިލެވެ.
ގުޅުންހުރި

އިތުރު ހައުސިންގ ޔުނިޓްތަކެއް ގާއިމުކޮށްދިނުމަށް އުކުޅަހުން ރައީސް އަށް ދަންނަވައިފި

ކުރު މުއްދަތެއްގައި އެންމެ ގިނަ އިސްލާމީ މަޝްރޫއުތައް ހިންގަނީ މި ދައުރުގައި- މިނިސްޓަރު

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސްކަމަށް އަޙްމަދު މަމްދޫހް އައްޔަން ކުރައްވައިފި




