logoEN
cocacola
ސްޓޫޑެންޓް ލޯނަށް ޝަރުތުހަމަވާ ހުރިހާ ކުދިންނަށް ލޯން ދޫކުރުމަށް ރައީސް ނިންމަވައިފި

ސްޓޫޑެންޓް ލޯނަށް ޝަރުތުހަމަވާ ހުރިހާ ކުދިންނަށް ލޯން ދޫކުރުމަށް ރައީސް ނިންމަވައިފި

އަހުމަދު ޝުރާއު

logo

4/29/2024, 4:57:21 PM

# ރައީސް މުއިއްޒު

ރައީސް ޑރ މުއިއްޒު އާއި މިނިސްޓަރ މާރިޔާ

ސްޓޫޓެންޑް ލޯނަށް ޝަރުތުހަމަވާ ހުރިހާ ކުދިންނަށް ލޯން ދޫކުރުނަށް ރައީސް ނިންމަވައިފި އެވެ.

ގޮސިޔާ

މިކަން ރަސްމީކޮށް ހާމަކުރެއްވީ މިހާެރު ކުރިޔަށްދާ " އަހާ " ފޯރަމްގައި ރާއްޖޭގެ ހަޔާ އެޑިއުކޭޝަން މިނިސްޓަރ މަރިޔަމް މާރިޔާ އެވެ.

އެގޮތުން ވަޒީރު ވިދާޅުވީ މިއަހަރުގެ ސްޓޫޑެންޓް ލޯން ތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ސްޓޫޑެންޓް ލޯނަށް ޝަރުތު ހަމަވާ ހުރިހާ ކުދިންނަށް ލޯން ދޫކުރުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދުމުގެ ފުރުޞަތް ފަހިވާ ސްޓޫޑެންޓް ލޯނަށް ހުށަހެޅުމުގެ މުއްދަތު ސަރުކާރުން އިތުރުކުރީ މިދިޔަ ހަފްތާގެ ތެރޭގައި އެވެ. ހަޔާ އެޑީއުކޭޝަން މިނިސްޓްރީއިން ބުނީ މަތީ ތަޢުލީމާއި ތަމްރީން ހޯދަން ސަރުކާރުން ދޭ ލޯނަށް އެދި އެޕްލިކޭޟަން ހުށަހެޅުމުގެ ސުންގަޑިއަކީ 2 މޭ ވާ ބުރާސްފަތި ދުވަސް ކަމަށެވެ.

މިފަހަރުގެ ލޯން ސްކީމްގެ ދަށުން އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށާއި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ހިމެނޭހެން 500 ފުރުޞަތު ހުޅުވާލާފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ