logoEN
cocacola
އެމެރިކާއިން ޣައްޒާއަށް ފުރަތަމަ ފަހަރަށް ވައިގެ މަގުން އެހީތެރިކަން ފޯރުކޮށްދީފި

އެމެރިކާއިން ޣައްޒާއަށް ފުރަތަމަ ފަހަރަށް ވައިގެ މަގުން އެހީތެރިކަން ފޯރުކޮށްދީފި

އައިޝަތު އިފާޝާ

logo

3/2/2024, 5:00:00 PM

# ޣައްޒާ# އެމެރިކާ

ވައިގެ މަގުން އެހީތެރިކަން ފޯރުކޮށްދެނީ

އެމެރިކާއިން ޣައްޒާއާށް ފުރަތަމަ ފަހަރަށް ވައިގެ މަގުން އެހީތެރިކަން ފޯރުކޮށްދީފިއެވެ. އެމެރިކާއިން ވަނީ އަސްކަރީ ތިން މަތިންދާ ބޯޓަކުން 30,000 އަށްވުރެ ގިނަ މީލް ޕެކް ޣައްޒާއަށް ވައިގެ މަގުން އެތެރެކޮށްފައެވެ.

ގޮސިޔާ

އެމެރިކާގެ ސެންޓްރަލް ކޮމާންޑްގެ ތަރުޖަމާނަކާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންކޮށްފައިވަނީ ސީ-130 ޓްރާންސްޕޯޓްގެ ތިން މަތިންދާ ބޯޓު ކަމަށެވެ.

އެމެރިކާއިން މި އެހީތެރިކަން ފޯރުކޮށްދީފައި މިވަނީ, އެހީތެ ޓްރަކްތަކުން ކާބޯތަކެތި ހޯދުމަށް ޣައްޒާގެ ގިނަ ބަޔަކު އެއްވެފައި ތިއްބާ ޔަޙޫދީ އިސްރާއީލުން ދިން ހަމަލާތަކުގައި 100 އަށްވުރެ ގިނަ މީހުން މަރުވުމާއި ގުޅިގެން މިދިޔަ ހުކުރު ދުވަހު އެމެރިކާގެ ރައީސް ޖޯއި ބައިޑަން ޣައްޒާއަށް ދޭ އެހީ އިތުރު ކުރާނެ ކަމަށް ވައުދުވެވަޑައިގެންފައިވަނިކޮށެވެ.

ޔަހޫދީ އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 30,000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ