logoEN
cocacola
ފޭސް 2 ގައި ތަރައްޤީކުރަމުން އަންނަ ދާއިމީ މިސްކިތް އަންނަ ހަފްތާގައި ހުޅުވަނީ

ފޭސް 2 ގައި ތަރައްޤީކުރަމުން އަންނަ ދާއިމީ މިސްކިތް އަންނަ ހަފްތާގައި ހުޅުވަނީ

އަހުމަދު ޝުރާއު

logo

3/1/2024, 4:43:06 PM

# ހުޅުމާލެ ފޭސް 2# އިސްލާމިކް މިނިސްޓްރީ

ހުޅުމާޅެ ފޭސް 2 ގައި ތަރައްޤީކުރާ މިސްކިތް:- ފޮޓޯ \ ޕީއެސްއެމް

ހުޅުމާލޭގެ ފޭސް 2 ގައި ތަރައްޤީކުރަމުން އަންނަ ދާއިމީ މިސްކިތް އަންނަ ހަފްތާގެ ތެރޭގައި ހުޅުވޭނެކަން އިސްލާމިކް މިނިސްޓްރީއިން ހާމަކޮށްފި އެވެ.

ގޮސިޔާ

މިކަން ހާމަކޮށްފައިވަނީ އިސްލާމިކް މިނިސްޓަރ މުހައްމަދު ޝަހީމް އަލީ ސައިދު މިނިސްޓްރީއިން ކުރިޔަށްދާ މަސައްކަތްތަކާއި ބެހޭގޮތުން މައުލޫމާތު ދިނުމަށް ކުރިޔަށް ގެންދިޔަ ފޭސްބުކް ލައިވްގައި އެވެ

މިނިސްޓަރ ޝަހީމް ވިދާޅުވީ އަމިއްލަ ފަރާތަކުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރަމުން އަންނަ ދާއިމީ މިސްކިތުގެ މަސައްކަތް ނިންމާ އަންނަ ހަފްތާގައި ހުޅުވާނެ ކަމަށެވެ. މިއާއި އެކު މި މިސްކިތުގައި ކުރިޔަށް އޮތް ރަމަޟާން މަހު ތަރާވީހު ނަމާދާއި ދަމު ނަމާދުވެސް ކުރާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަދި މިހާރު ބިނާ ކުރަމުންދާ މިސްކިތްތަކުގެ އިތުރަށް ދާއިމީ އިތުރު މިސްކިތެއް ފޭސް 2 ގައި އެޅުމަށް މަޝްވަރާތައް ކުރައްވަމުން ގެންދަވާކަންވެސް މިނިސްޓަރ ހާމަކުރެއްވި އެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ދެވަނަ ފިޔަވަހީގެ މިސްކިތްތަކަށް އިމާމުން ހަމަޖައްސާނީ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ރީތިކޮށް ކިޔަވާ އިލްމީ ފަރާތްތައްކަމަށާއި ހާއްސަކޮށް ހާފިޒުންނަށް އިސްކަންދެވޭނެކަމަށެވެ.

އަންނަ ހަފްތާގައި ހުޅުވުމަށް ތައްުޔާރުވަމުން އަންނަ މިސްކިތަކީ 1500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މީގެ އިތުރުންވެސް އިތުރު 4 މިސްކިތެއްވެސް ފޭސް 2 ގައި ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައި އެވެ. އެއީ 2800 މީހުންގެ ޖާގައިގެ މިސްކިތަކާއި، 3000 މީހުންގެ ޖާގައިގެ މިސްކިތަކާއި، 1500 މީހުންގެ ޖާގައިގެ މިސްކިތެއްގެ އިތުރުން 1162 މީހުންގެ ޖާގައިގެ މިސްކިތްތަކެއް ކަން މިނިސްޓަރ ވިދާޅުވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ