logoEN
cocacola
މަޖިލިސް އިންތިހާބު އޮންނާނީ އޭޕްރިލް 21 ގައި

މަޖިލިސް އިންތިހާބު އޮންނާނީ އޭޕްރިލް 21 ގައި

އަހުމަދު ޝުރާއު

logo

2/29/2024, 4:48:35 PM

# އީސީ

އީސީގެ މެމްބަރުން

ރައްޔިތުންގެ މަޖިލީސް އިންތިހާބު އަންނަ އޭޕްރިލް މަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް އީސީއިން ނިންމާފައިވާކަން

ގޮސިޔާ

އީސީއިން މިފަދައިން ނިންމީ މިރޭ ކުރިޔަށް ދިޔަ އީސީ މެމްބަރުންގެ ކުއްލި ބައްދަލުވުމުގައި އެވެ. އެގޮތުން މެމްބަރުންގެ އިއްތިފާގުން މިފަދައިން ނިންމާފައިވާކަން އީސީގެ އޮފިޝަލަކު ވަނީ ގާފު ނޫހަށް ކަށަވަރުކޮށްދީފައި އެވެ.

މިއާއި އެކު މަޖިލިސް އިންތިހާބު ކުރިޔަށްދާނީ 21 އޭޕްރިލް 2024 ވާ އާދިއްތަ ދުވަހުގެ ހެނދުނު 08:00 އިން ހަވީރު 04:00 އާއި ހަމައަށެވެ.

View post on Twitter

އީސީއިން މި ނިންމުން ނިންމާފައިމިވަނީ އިންތިޚާބުތަކާ ބެހޭ ޢާއްމު ޤާނޫނަށް ފަސް ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ތަޞްދީޤުކުރެއްވުމާއެކު މަޖިލިސް އިންތިހާބު ފަސްކުރަން ޖެހުމާއި އެކުގައި އެވެ.

ގާނޫނަށް އިސްލާހު ގެނައުމުގެ ކުރިން އިންތިހާބު ބާއްވަން ތާވަލުކުރީ އަންނަ މަހުގެ 17 ވަނަ ދުވަހު އެވެ. ނަމަވެސް އެއީ ރޯދަ މަސް ތެރެ ކަމުން ގިނަ ބަޔަކަށް ވޯޓުލާން ދިޔުމަށް ދަތިތަކަކާއި ކުރިމަތިލާން ޖެހޭނެ ކަމަށް ބުނެ އިދިކޮޅުގައި އޮތް އެމްޑީޕީގެ މަޖިލީހުގެ މެޖޯރިޓީގެ ބޭނުން ހިފައި މަޖިލިސް އިންތިހާބު ރޯދައަށް ފަހު ބާއްވާ ގޮތަށް ގާނޫނަށް އިސްލާހު ގެނެސް ފާސްކުރި އެވެެ. ނަމަވެސް އެ ބިލް ތަސްދީގުކުރުމަށް ރައީސަށް ފޮނުވުމުން ރައީސް ވަނީ އެބިލް ތަސްދީގުނުކޮށް އަނބުރާ މަޖިލީހަށް ފޮނުވާފައި އެވެ. ނަމަވެސް ދެވަނަ ފަހަރަށް އެބިލަށް ބަދަލެއް ނުގެނެސް މަޖިލީހުން ފާސްކުރުމުން އެބިލް ތަސްދީގުކުރަން ރައީސަށް މަޖުބޫރު ވެގެންދިޔައެވެ.

21 އޭޕްރިލްގައި އިންތިހާބު ބޭއްވުމަށް އީސީއިން ނިންމި އިރު މިފަހަރުގެ އިންތިހާބު އޮންނާނީ އާދިއްތަ ދުވަހެއްގައި އެވެ. އާންމުކޮށް ރާއްޖޭގައި އިންތިހާބުތައް ބާއްވަނީ ހޮނިހިރު ދުވަސްތަކެއްގައި ކަމަށްވީ ނަމަވެސް މިފަހަރު އާދީއްތައެއްގައި އިންތިހާބު ބާއްވަން ނިންމި ސަބަބެއް އީސީއިން ހާމައެއް ނުކުރެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ