logoEN
Sto top
ރޯދަ މަހުގެ ފަހު 10ގައި އައިޑީކާޑު ދޫކުރާނީ ތިން ދުވަހު

ރޯދަ މަހުގެ ފަހު 10ގައި އައިޑީކާޑު ދޫކުރާނީ ތިން ދުވަހު

އަހުމަދު ޝުރާއު

logo

2/27/2024, 10:43:56 AM

# ޑީއެންއާރް

ޑީއެންއާރްގެ މައި އޮފީސް

ކުރިއަށް އޮތް ރަމަޟާން މަހުގެ ފަހު 10 ގައި އައިޑީ ކާޑު ދޫކުރާނީ ތިން ދުވަހު ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން މިއަދު ބުނެފިއެވެ.

Wamco

ޑީއެންއާރުން ވަނީ މި އަހަރުގެ ރޯދަ މަހު އެ ޑިޕާޓްމަންޓުން ކާޑު ދޫކުރުމުގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގަޑިތައް އާންމުކޮށްފަ އެވެ. ފަހު ދިހައިގައި އައިޑީ ކާޑު ދޫކުރާން ނިންމާފައި ވަނީ އޭޕްރީލް 1، 3 އަދި 8 ވަނަ ދުވަހު އެކަންޏެވެ.

ޑީއެންއާރްއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ރޯދަ މަހު ( ފަހު 10 ގައި ހިދުމަތްދޭ 3 ދުވަސް ލައިގެން ) ރަސްމީ ދުވަސްތަކުގައި އައިޑީ ކާޑު ދޫކުރާނީ ހެނދުނު 09:15 އިން 11:30 އަށް ކަމަށެވެ. އަދި ކޮންމެ ދުވަހަކަށްވެސް ދޫކުރާނީ 150 ނަންބަރު ކަމަށާއި ނަންބަރު ދޫޚުރާނީ ކިއުބީން ކަމަށެވެ.

ޑީއެންއާރްއިން ބުނެފައިވަނީ އައިޑީ ކާޑު ހަވާލުކުރުމުގައި ކާޑުގެ ވެރިފަރާތުން އެހެން ފަރާތަކާއި ހަވާލުކޮށްދިނުމަށް އެދި ފޮނުވާ ސިޓީއާއެކު ފޮނުވުމުން ހަވާލުކުރެވޭނެ ކަމަށެވެ.

މި ގަޑިތަކުގެ އިތުރުން އިމަޖެންސީ ހާލަތްތަކުގައި ޑީއެންއާރްގެ ނަންބަރު 7280368 އަށް ގުޅުމުން ހިދުމަތް ދެވޭނެ ކަމަށެވެ.

ޑީއެންއާރްއިން ފަހު ދިހައެއްގެ ގިނަ ދުވަސްތަކުގައި ހިދުމަތް ނުދޭން ނިންމާފައިވަނީ މި އަހަރުގެ ރޯދަ މަހުގެ ފަހުދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ރައީސް، ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާތީ އެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside