logoEN
cocacola
ރޮނާލްޑޯ އަދި  ޓަލިސްކާގެ ލަނޑުތަކާއެކު އަލް ޝަބާބު އަތުން މޮޅުވެ، އަލް ނަސްރުން ފަރަގު ކުޑަކޮށްފި

ރޮނާލްޑޯ އަދި ޓަލިސްކާގެ ލަނޑުތަކާއެކު އަލް ޝަބާބު އަތުން މޮޅުވެ، އަލް ނަސްރުން ފަރަގު ކުޑަކޮށްފި

ހަސަން ޝަމްއޫން

logo

2/26/2024, 4:10:50 AM

# އަލް ޝަބާބު# ބޭރު ދުނިޔޭގެ ކުޅިވަރު# ސައުދީ ޕްރޮފެޝަނަލް ލީގު# ކްރިސްޓިއާނޯ ރޮނާލްޑޯ # އަލް ނަސްރު

ރޮނާލްޑޯ އަލް ޝަބާބު ކޮޅަށް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ

ސައުދީ ޕްރޮފެޝަނަލް ލީގުގައި އާދިއްތަ ދުވަހުގެ ރޭ ރަށުން ބޭރުގައި 3-2 ގެ ނަތީޖާއަކުން އަލް ޝަބާބު އަތުން މޮޅުވެ، އަލް ނަސްރުން ލީގު ތާވަލްގެ އެއްވަނާގައި އޮތް އަލް ހިލާލް އާއި ދެމެދުގައިވާ ފަރަގު ހަތަރު ޕޮއިންޓަށް ކުޑަކޮށްފި އެވެ.

ގޮސިޔާ

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ އަލް ނަސްރު އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މިއީ މިސީޒަނުގައި ލީގުގައި ކުޅުނު 20 މެޗުގައި އޭނާ ކާމިޔާބުކުރި 22 ވަނަ ލަނޑެވެ.

އަލް ޝަބާބުން ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ބެލްޖިއަމްގެ ފޯވާޑް ޔާނިކް ކަރަސްކޯ ކަރަސްކޯ އެވެ. މިއީ އަލް ނަސްރުގެ ޕެނަލްޓީ އޭރިއާ ތެެރެއިން އެޓީމުގެ ޑިފެންޑަރު އެމެރިކް ލަޕޯޓް ކުރި ފައުލަކާއި ގުޅިގެން ރެފްރީ އެޓީމަށް ދިން ޕެނަލްޓީއެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފު ވަރުގަދަކޮށް ފެށީ އަލް ނަސްރު އިންނެވެ. އެގޮތުން މިހާފު ފެށިގެން ދެވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް ދެވަނަ ފަހަރަށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ފޯވާޑް އެންޑަސަން ޓަލިސްކާ އެވެ. މިއީ އެޓީމުގެ ޕޯޗުގަލް މިޑްފިލްޑަރު އޮޓާވިއޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

އަލް ޝަބާބުން ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ފަހުހާފުގެ 67 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ފޯވާޑް ކާލޯސް ޖޫނިއަރ އެވެ. މިއީ އެޓީމުގެ ސެނަގާލް ފޯވާޑް ހަބީބު ޑިއާލޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިމެޗުން އަލް ނަސްރު މޮޅުވި ލަނޑު ދެވަނަ ހާފުގެ 86 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް ޓަލިސްކާ އެވެ. މިއީ އެޓީމުގެ މިޑްފިލްޑަރު އަބްދުﷲ އަލް ޚައިބަރީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިއީ މިސީޒަނުގައި ލީގުގައި ކުޅުނު 16 މެޗުގައި އޭނާ ކާމިޔާބުކުރި 13 ވަނަ ލަނޑެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އަލް ޝަބާބުގެ ޒުވާން ފޯވާޑް އަބްދުﷲ ރަދީފަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލިއިރު ، މެޗުގެ ކުޅުން ނިމިގެންދިޔައީ 3-2 ގެ ނަތީޖާއަކުން އަލް ނަސްރު ކުރީގައި އޮވެގެންނެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 21 މެޗުން އަލް ނަސްރަށް 52 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ދެވަނައިގައެވެ. އެއްވަނާގައި އޮތް އަލް ހިލާލްއަށް 20 މެޗުން 56 ޕޮއިންޓް ލިބިފައިވާއިރު މި މެޗުން ބަލިވި، އަލް ޝަބާބުން ލީގުގައި ކުޅުނު 21 މެޗުން ލިބުނު 24 ޕޮއިތންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 11 ވަނައިގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ