logoEN
cocacola
އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް ބައިލައްކަ ފަތުރުވެރިން!

އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް ބައިލައްކަ ފަތުރުވެރިން!

އަހުމަދު ޝުރާއު

logo

2/25/2024, 6:00:34 PM

# ފަތުރުވެރިކަން

ޗައިނާ ފަތުރުވެރިން ރާއްޖޭގައި

މި އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް ބައި ލައްކަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީއިން ހާމަކޮށްފިއެވެ.

ގޮސިޔާ

ޓުއަރިޒަމް މިނިސްޓްރީއިން މިއަދު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު އިއްޔެގެ ނިޔަލަށް ޗައިނާ އިން އައި ޓޫރިސްޓުންގެ އަދަދު 51،984 އަށް އަރަ އެވެ. ޗައިނާ މިހާރު އެއްވަނަ މާކެޓްގެ ގޮތުގައި އޮތް އިރު، އެ ގައުމަކީ މިދިޔަ އަހަރު ރާއްޖެ އަށް ތިން ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައި ގައުމެވެ. އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ޖުމްލަ ފަތުރުވެރިންގެ 13.7 އިންސައްތަ ހިއްސާކުރަނީ ޗައިނާ ފަތުރުވެރިންނެވެ.

ދެވަނައިގައި 36،423 ފަތުރުވެރިންނާއި އެކު ރަޝިޔާ އޮތް އިރު 35،834 ފަތުރުވެރިންނާއި އެކު ތިން ވަނައިގައި އޮތީ އިޓަލީ އެވެ. މުޅި ޖުމްލަ މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށްވަނީ 378،245 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 7744 ފަތުރުވެރިން ޒިޔާރަތްކުރެއެވެ. އަދި ރާއްޖެއަށް އަންނަ ފަތުރުވެރިން އެވްރެޖްކޮށް 7 ދުވަހުގެ ޗުއްޓީއެއް ހޭދަކުރެއެވެ.

ސަރުކާރުން އަމާޒުހިފާފައިވަނީ މިއަހަރު ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ގެނައުމަށެވެ. އަދި މިހާރު ފަތުރުވެރިން ރާއްޖެއަށް އަންނަ ނިސްބަތަށް ބަލާއިރު އެ ޢަދަދު 2.3 މިލިއަނަށް އަރާނެކަމަށް ލަފާކުރެވޭކަމަށް ޓުއަރިޒަމް މިނިސްޓްރީއިން ވަނީ ވިދާޅުވެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ