logoEN
WAMCO TOP 1
ބާރަށު އިކޯ ޓޫރިޒަމްގެ މަޝްރޫޢު ކުރިޔަށް ގެންދާނީ އިންޓަރަނޭޝަނަލް ބިޑަށް ހުޅުވާލައިގެން - ރައީސް

ބާރަށު އިކޯ ޓޫރިޒަމްގެ މަޝްރޫޢު ކުރިޔަށް ގެންދާނީ އިންޓަރަނޭޝަނަލް ބިޑަށް ހުޅުވާލައިގެން - ރައީސް

އަހުމަދު ޝުރާއު

logo

2/25/2024, 5:45:01 PM

# ރައީސް މުއިއްޒު# ހއ ބާރަށް

ރައީސް ބާރަށުގައި

އިންޓަރަނޭޝަނަލް ބިޑަށް ހުޅުވާލައިގެން ބާރަށުގައި ހިންގުމަށް ހަމަޖެހިފައިވާ އިކޯ ޓޫރިޒަމްގެ މަޝްރޫޢު ހަޤީޤަތަކަށް ހަދައިދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

THE TRAVELLER AD

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ބާރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަޝްރޫޢު އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ ގޮތަށް ކުރިއަށް ގެންދަވާނެކަމަށާއި، އަދި މަޝްރޫޢު ކުރިއަށްދާއިރު ރިންގު ރޯޑެއްވެސް ތަރައްޤީ ކުރެވިގެންދާނެކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބާރަށު ޖެޓީގެ މަސައްކަތްވެސް ވަޢުދުވެވަޑައިގެންނެވިގޮތަށް ކޮށްދެއްވާނެކަމަށާއި، އަދި ޖެޓީ ހަދާއިރު މަސްވެރިކަމަށް ޚާއްޞަ ޖެޓީއެއް ހަދައިދޭނެކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖޭގެ އިޤުތިޞާދީ ހާލަތު ރަނގަޅުކުރުމަށް އަޅަމުން އަންނަ ފިޔަވަޅުތަކަށްވެސް އަލިއަޅުވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ ހުރިހާ ކަމެއްގެ އިތުރުން، ރައްޔިތުންނަށް އެންމެ މުހިންމުކަމަށް ފާހަގަކުރާ ކަންކަން ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާނެ ކަމުގައި ވިދާޅުވިއެވެ.

ކޮމެންޓް
ފަހުގެ
HDC