
ޤައުމީ ދިދަ މިނިވަންކަންމަތީ ވިހުރި ހުންނާނީ މަޖިލިސް އިންތިޚާބުގައި ސުޕަ މެޖޯރިޓީ ސަރުކާރަށް ލިބިގެން - އަދުރޭ
# އަބްދުއްރަހީމް އަބްދުاللهސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެސިޑެންޓް ޢަބްދުއްރަޙީމް ޢަބްދުﷲ
ދިވެހި ޤައުމީ ދިދަ މިނިވަންކަންމަތީ ވިހުރި ހުންނާނީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ސުޕަ މެޖޯރިޓީ ސަރުކާރަށް ލިބިގެން ކަމަށް ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެސިޑެންޓް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ހއ. ވަށަފަރު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ މިނިވަންކަން އޮތީ ގެއްލިފައި ކަމަށެވެ. އެ މިނިވަންކަން ކަށަވަރުކޮށްދެއްވުމަށް ރައީސް އެންމެ ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، މިނިވަންކަން ކަށަވަރު ނުވެ ތަރައްޤީގެ އެއްވެސް މަޝްރޫއެއް ނުހިންގޭނެކަމަށް ވިދާޅުވިއެވެ.
ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ދިދައަށް އިޝާރާތް ކުރައްވައި ދެއްކެވި ވާހަކަފުޅު ފާހަގަކުރައްވައި ޢަބްދުއްރަޙީމް ވިދާޅުވީ މިނިވަންކަން ކަށަވަރު ކުރުމަށް އެމަނިކުފާނު ފަށްޓަވާފައިވާ ދަތުރުފުޅަށް ފަޅުވެރިން ބޭނުންވާ ކަމަށެވެ.
އެގޮތުން، ރާއްޖޭގެ މިނިވަންކަމާއި ޤައުމިއްޔަތަށް ލޮޅުންއަރާ ކޮންމެ ފަހަރަކު ބޮޑުތިލަދުންމަތީ ރައްޔިތުން ޤައުމު ސަލާމަތްކޮށްދޭކަމަށާއި ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައިވެސް ބޮޑުތިލަދުންމަތީގެ 5 ގޮނޑި ސަރުކާރަށް ކާމިޔާބުކޮށްދިނުމަށް އޭނާ ގޮވާލެއްވިއެވެ.
"އަޅުގަނޑުމެން އެބަޖެހޭ މި އޮޑިއަށް، ހިތްވަރު ހުރި، ފަންވަރު ހުރި، އިހުލާސްތެރި މުރާލި ފަޅުވެރިންތަކެއް ހޯދަން. އެ ފަޅުވެރިން ހޯދުމުގެ މަސައްކަތް މިހާރު މިއޮތީ ކުޑަތަންވެފައި. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަކީ ދިވެހިރާއްޖޭގެ ދިދަ މިނިވަންކަމާއެކީގައި ވިހުރުމަށް ކޮންމެހެން މުހިންމު ކަމެއް. އެ ދިދަ ފެއްސާއި ރަތާއި ހުދުން އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ޤައުމުގައި ފަޚުރުވެރިކަމާއެކީގައި ވިހުރެމުންދާނީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގެ ސުޕަ މެޖޯރިޓީ ޕީޕީއެމް/ޕީއެންސީ އަށް ލިބިގެން،" އަބްދުއްރަހީމް ވިދާޅުވިއެވެ.
މަޖިލިސް އިންތިޚާބަށް މިހާރު ކުޑަތަންވެފައިވާއިރު އެ އިންތިޚާބު ޕީޕީއެމް/ޕީއެންސީ ކެންޑިޑޭޓުންނަށް ކާމިޔާބުކޮށްދިނުމަށް މަސައްކަތް ކުރުމަކީ ޤައުމީ ކަމެއްގެ ގޮތުގައި އަބްދުއްރަހީމް ސިފަކުރެއްވިއެވެ.
ގުޅުންހުރި

އައި.ޕީ.ޔޫ. ގެ 150ވަނަ އެސެމްބްލީގައި އަބްދުއްރަހީމް ތަޤްރީރުކުރައްވައިފި

"ނާމް" ޤައުމުތަކުން އެއްބައިވެ، ސުލްޙައާއި، އިސްތިގުލާލާއި، އިންސާފު ދިފާޢުކުރުމަށް އަބްދުއްރަހީމް ގޮވާލައިފި

އަބްދުއްރަހީމް އަށް މާމިގިލިން ރަތްދޫލައިގެ މަރުހަބާ އެއް!

ޤައުމީ ދިދަ މިނިވަންކަންމަތީ ވިހުރި ހުންނާނީ މަޖިލިސް އިންތިޚާބުގައި ސުޕަ މެޖޯރިޓީ ސަރުކާރަށް ލިބިގެން - އަދުރޭ
ފަހުގެ

ވާދަވެރި ކުޅުމަކަށްފަހު ލިއޯން ބަލިކޮށް ޔުނައިޓެޑް ސެމީފައިނަލުން ޖާގަ ހޯފައިފި

ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު އާދީއްތާގައި ހުޅުވާލަނީ

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާދިނުމާ ގުޅޭ މިންގަނޑުތަކުގެ ވޯކްޝޯޕެއް ބާއްވައިފި

މާލެ ސިޓީ ކައުންސިލުން 50 ސްކޮލަރޝިޕްގެ ފުރުޞަތު ހުޅުވާލައިފި

ކެންދޫއާއި ދޮންފަނު ގޮނޑުދޮށް ގިރުމުގެ މައްސަލަ ޙައްލުކުރުމަށް މަޝްވަރާކޮށްފި
