logoEN
cocacola
ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްޤީކުރުމަށް ބިން ހަވާލުކޮށްފި

ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްޤީކުރުމަށް ބިން ހަވާލުކޮށްފި

އަހުމަދު ޝުރާއު

logo

2/24/2024, 5:02:32 PM

# ހުޅުމާލެ

ފުޓްސަލް ކޮމްޕްލެކްސް ގާއިމްކުރުން

ހުޅުމާލޭގައި ފުޓްސަލް އަދި ނެޓްބޯޅަ ކޮމްޕްލެކްސްއެެއް ތަރައްޤީކުރުމަށް ބިން ހަވާލުކޮށްފި އެވެ.

ގޮސިޔާ

އެޗްޑީސީސީން މިއަދު ބުނީ މުޖުތަމައުގައި ކުޅިވަރާއި، ދުޅަހެޔޮ ސިއްހަތަށް އޮންނަ ޝައުގުވެރިކަން އިތުރުކުރުމުގެ ގޮތުން، ހުޅުމާލޭގައި ފުޓްސަލް އަދި ނެޓުބޯޅަ ކޮމްޕްލެކްސްއެއް ތަރައްގީ ކުރުމަށް ބިން ހަވާލު ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

އެގޮތުން ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު އެވެ. އަދި ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އަބްދުالله ރާފިއު އެވެ.

View post on Twitter

ފަސް ދަނޑުގެ މައްޗަށް އެކުލެވޭ ފުޓްސަލް އާއި ނެޓްބޯޅަ ކޮމްޕްލެކްސް އިމާރާތަކީ އާ ސަރުކާރުގެ ހަފުތާ 14 ގެ މަގުޗާޓުގައި ކުޅިވަރުގެ ދާއިރާއިން ހާސިލުކުރުމަށް ކަނޑައަޅާފައިވާ ކަންކަމުގެ ތެރެއިން ހިމެނޭ ކަންކަމެވެ.

ފުޓްސަލް ކޮމްޕްލެކްސް ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ފޭސް ދޭއްގައެވެ. އަދި ނެޓްބޯޅަ ކޮމްޕްލެކްސް ގާއިމުކުރާނީ ހުޅުމާލެ ފޭސް އެކެއްގައެވެ.

މިއީ ރާއްޖޭގައި މިފަދަ ކޮންސެޕްޓެއްގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމްކުރެވިގެންދާ ފުރަތަމަ ފަހަރެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ