logoEN
cocacola
ރޯދަ މަހު ބީއެމްއެލްއިން ހިދުމަތް ދޭނެ ވަގުތުތައް ހާމަކޮށްފި, ފަހު 10 ގައިވެސް ހިދުމަތް ދޭނެ!

ރޯދަ މަހު ބީއެމްއެލްއިން ހިދުމަތް ދޭނެ ވަގުތުތައް ހާމަކޮށްފި, ފަހު 10 ގައިވެސް ހިދުމަތް ދޭނެ!

އަހުމަދު ޝުރާއު

logo

2/24/2024, 6:11:39 AM

# ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް :- ގާފު ފޮޓޯ | އަހުމަދު ޝުރާއު

އަންނަ ރޯދަމަހު ބީއެމްއެލްއިން ހިދުމަތް ދޭ ގަޑިތައް އެ ބޭންކުން އިއުލާންކޮށްފި އެވެ.

ގޮސިޔާ

ބީއެމްއެލް އިން ނެރުނު އިއުލާނެއްގައި ބުނީ އަންނަ ރޯދަމަހާއި ހަރޯދައިގައި އެ ބޭންކްގެ ބްރާންޗުތަކާއި ސާވިސް ސެންޓަރުތައް ހުޅުވާފައި ހުންނަނީ ހެނދުނު 9:30 އިން މެންދުރު 12:00 އަށް ކަމަށެވެ.

ރޯދަމަހުގެ ފަހު ދިހައެއްގައި ބޭންކުގެ ހިދުމަތްތައް ދޭނީ ހެނދުނު 10:00 އިން މެންދުރު 11:00 އަށް ކަމަށް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލް އިން ބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ ސެލްފް ސާވިސް ބޭންކިން ސެންޓަރުތައް މެދުވެރިކޮށް ޖަމާކުރުމާއި، ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށެވެ.

ބީއެމްއެލް އިން ބުނީ ކަސްޓަމަރުންނަށް ބޭންކުގެ ކޮންޓެކްޓް ސެންޓަރު މެދުވެރިކޮށް ނުވަތަ އާޔާ އަދި ފޭސްބުކް މެސެންޖަ އިން ލައިވް އޭޖަންޓަކާ ވާހަކަ ދައްކައިގެން ހިދުމަތް ހޯދޭނެ ކަމަށެވެ. އަދި ބީއެމްއެލް މޯބައިލް އެޕް، ވަޓްސްއެޕް، ވައިބަ އަދި ބޭންކުގެ ވެބްސައިޓް މެދުވެރިކޮށްވެސް ކަސްޓަމަރުންނަށް ބޭންކުގެ ހިދުމަތް ހޯދޭނެ ކަމަށް ބުންޏެވެ.

ބީއެމްއެލް އިން ކަސްޓަމަރުންގެ ކިބައިން އެދިފައިވަނީ އިންޓަނެޓް ބޭންކިން އަދި މޯބައިލް އެޕް މެދުވެރިކޮށް ބޭންކުގެ ހިދުމަތްތައް ހޯދުމަށެވެ.

ބީއެމްއެލުން ރޯދައިގެ ފަހު 10 ގައި ހިދުމަތް ދޭނެ ކަން ހާމަކޮށްފައިވާއިރު ކޮންމެ ރޯދަމަހެއްގެ ފަހު ދިހަ ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ސަރުކާރުން ވަނީ ކަނޑައަޅައިފަ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ