logoEN
Sto top
ޑިޖިޓަލް ޓެރެސްޓްރިއަލް ޓެލެވިޜަން ބްރޯޑްކާސްޓިން ނެޓްވޯކް ޑިވެލޮޕްމަންޓް ޕްރޮޖެކްޓަށް ޖަޕާނުން ހިލޭ އެހީދީފި

ޑިޖިޓަލް ޓެރެސްޓްރިއަލް ޓެލެވިޜަން ބްރޯޑްކާސްޓިން ނެޓްވޯކް ޑިވެލޮޕްމަންޓް ޕްރޮޖެކްޓަށް ޖަޕާނުން ހިލޭ އެހީދީފި

އަހުމަދު ޝުރާއު

logo

2/22/2024, 9:00:44 AM

# ރާއްޖެ - ޖަޕާން

ޑިޖިޓަލް ޓެރެސްޓްރިއަލް ޓެލެވިޜަން ބްރޯޑްކާސްޓިން ނެޓްވޯކް ޑިވެލޮޕްމަންޓް ޕްރޮޖެކްޓަށް ޖަޕާނުން ހިލޭ އެހީ ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުން

ޑިޖިޓަލް ޓެރެސްޓްރިއަލް ޓެލެވިޜަން ބްރޯޑްކާސްޓިން ނެޓްވޯކް ޑިވެލޮޕްމަންޓް ޕްރޮޖެކްޓަށް ޖަޕާން ސަރުކާރުން ރާއްޖެއަށް ހިލޭ އެހީ ދީފި އެވެ

Wamco

ފޮރިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ހިލޭ އެހީއާ ގުޅޭ އެކްސްޗޭންޖް އޮފް ނޯޓްސްގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ހިޒް އެކްސެލެންސީ މޫސާ ޒަމީރާއި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރ އެކްސެލެންސީ ޓަކޭޗީ މިޑޯރީއެވެ.

މި އެއްބަސްވުމުގެ ދަށުން ޖަޕާން ސަރުކާރުން ރާއްޖެއަށް އިތުރު 326 މިލިއަން ޖަޕަނީސް ޔެން (ގާތްގަނޑަކަށް 3.5 މިލިއަން ޑޮލަރު) ގެ ހިލޭ އެހީ ދިނުމަށް ވަނީ ނިންމާފައި އެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ޒަމީރު ވަނީ ޖަޕާނުން ވެދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވައި، ރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމަށް މި އެއްބާރުލުން ދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މީގެ އިތުރުން މިނިސްޓަރ ޒަމީރު ވަނީ ތަރައްޤީގެ މައި ބައިވެރިއެއްގެ ހައިސިއްޔަތުން ޖަޕާނުން އަދާކުރާ މުހިންމު ދައުރަށް އަލިއަޅުއްވާލައްވައި، މި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ރާއްޖެއިން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

View post on Twitter

ޑިޖިޓަލް ޓެރެސްޓްރިއަލް ޓެލެވިޜަން ބްރޯޑްކާސްޓިން ޕްރޮޖެކްޓް (ޑީޓީޓީބީ) އަކީ ރާއްޖެއަށް ވަރަށް މުހިންމު ޕްރޮޖެކްޓެކެވެ. މި މަޝްރޫޢުގެ މަޤްޞަދަކީ ރާއްޖޭގެ ރަށްރަށުގެ މެދުގައި އިންފޮމޭޝަން އެކްސެސިބިލިޓީ އާއި ތަފާތުތައް ނައްތާލުމެވެ. މި މަޝްރޫޢުގެ ސަބަބުން މުވާސަލާތީ އިންފްރާސްޓްރަކްޗަރ ހަރުދަނާކުރުމުގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާއި ކާރިސާތަކުން އަރައިގަތުމަށް ވެސް މި މަޝްރޫޢުގެ އަސަރު ވަރަށް ބޮޑަށް ކުރާނެކަމަށް ބެލެވެއެވެ. އިތުރު ފަންޑިންގގެ ސަބަބުން މަޝްރޫޢުގެ އަސްލު ސްކޯޕް ދެމެހެއްޓުމަށް މަގުފަހިވެ، މި މަޝްރޫޢު ކާމިޔާބުކަމާއެކު ޙާޞިލްކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ފޮރިން މިނިސްޓްރީއިން ބުނެއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް، މިނިސްޓްރީ އޮފް ފިނޭންސް، ޕަބްލިކް ސަރވިސް މީޑިއާ، ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ އިސްވެރިންނާއި، ޖަޕާން އެމްބަސީއާއި ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ)ގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside