
ކިނޮޅަހުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އަމަލީ މަސައްކަތް ފެށުން
ރ ކިނޮޅަސް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

އެރަށުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓަރަކްޗާގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދުއެވެ.
މި މަޝްރޫއަކީ ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިޔަށް ގެންދާ މަޝްރޫއުއެކެވެ. އެގޮތުން މި މަޝްރޫއު އެމްޓީސީސީއާއި ހަވާލުކުރީ މިިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭޭގައި އެވެ.
މި މަޝްރޫޢުގެ ދަށުން 19,780 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބިންހިއްކުމާއި، 650 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫއުއަކީ 180 ދުވަސް ތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ. މި މަޝްރޫއު ހަވާލުކޮށްފައިވަނީ 11.45 މިލިއަން ރުފިޔާއަށެވެ.
ގުޅުންހުރި

ފިޔޯރީ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫއު: ކުއޭ ވޯލް ބްލޮކްގެ ދެވަނަ ޝިޕްމަންޓް އެރަށަށް!

ހޯރަފުށީގެ އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަަހީގެ އަމަލީ މަސައްކަތް ފަށައިފި

ވާދަވެރި ކުޅުމަކަށްފަހު އެމްއެމްއޭ ބަލިކޮށް އެމްޓީސީސީ އިން ފެށުން ރަނގަޅުކޮށްފި
