logoEN
cocacola
މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދިނުމަށްފަހު, ވައުދުވެފައިވާ ގޮތަށް 48 ގަޑިއިރުތެރޭ ފައިސާ ދެވޭނެ ނިޒާމެއް ގާއިމުކުރާނަން - ރައީސް

މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދިނުމަށްފަހު, ވައުދުވެފައިވާ ގޮތަށް 48 ގަޑިއިރުތެރޭ ފައިސާ ދެވޭނެ ނިޒާމެއް ގާއިމުކުރާނަން - ރައީސް

އައިޝަތު އިފާޝާ

logo

2/22/2024, 5:30:49 AM

# ރައީސުލްޖުމްހޫރިއްޔާ# ޑރ. މުހައްމަދު މުއިއްޒު# މަސްވެރިން

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިލިނގިލީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަނީ - ފޮޓޯ ރައީސް އޮފީސް

މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދިނުމަށްފަހު, ވައުދުވެފައިވާ ގޮތަށް 48 ގަޑިއިރުތެރެ ފައިސާ ދެވޭނެ ނިޒާމެއް ގާއިމުކުރާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ގޮސިޔާ

އެމަނިކުފާނު މިހެންވިދާޅުވީ, ގއ ވިލިނގިލީ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަގަފުޅުގައި ވަނީ މިދިޔަ ސަރުކާރުން މަސްވެރިންނަށް ނުދީ ހުރި ފައިސާގެ ތެރެއިން ބޮޑު އަދަދެއްގެ ފައިސާ މިސަރުކާރުން މަސްވެރިންނަށް ދައްކާފައިވާ ކަމަށެވެ.

އަދި އެފައިސާ ދައްކައި ނިމުމުން, އެމަނިކުފާނު ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގައި ވައުދުވެވަޑައިގެންނެވި ގޮތަށް 48 ގަޑިއިރުތެރޭ މަސްވެރިން ބާނާ މަހަށް ފައިސާ ދިނުމުގެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށެެވެ.

17 ރުފިޔާއަށް މިފްކޯއަށް ގަންނަމުންދިޔަ މަސް ކިލޯއެއްގެ އަގު، މިފްކޯއަށް ގެއްލުންވާ ގޮތަށް 25 ރުފިޔާއަށް ނިމިދިޔަ ސަރުކާރުން ބޮޑުކުރީ މިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރުއެވެ. އަގަށް ބަދަލު ގެނައުމަށްފަހު ކިރުވާފައިވާ މަހަށް 250 މިލިއަން ރުފިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ހަވާލުވެވަޑައިގެންނެވިއިރު, މަސްވެރިންނަށް ނުދީ ހުރި ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

މިފްކޯއަށް މަސް ގަންނަމުންދިޔަ އަގު މުރާޖަޢާކުރުމަށްފަހު، މަސް ކިލޯއެއް ގަންނަ އަގު 20 ރުފިޔާއަށް ބަދަލުކުރުމަށް މިމަހުގެ 11ވަނަ ދުވަހު ސަރުކާރުންވަނީ ނިންމަވާފައެވެ. މިގޮތަށް ނިންމެވީ އިކޮނޮމިކް ކައުންސިލްގައި އެކަމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހުއެވެ.

ސަރުކާރުން މަސައްކަތްކުރަމުންދަނީ މަސްވެރިންނަށް ނުދެވި ހުރި ފައިސާ އަވަހަށް ދީ ނިންމުމަށްކަމަށް މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވިއެވެ. އެގޮތުން މިމަހުގެ 26ވަނަ ދުވަހުގެ ނިޔަލަށް 100 މިލިއަން ރުފިޔާ ދެއްކުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް ޝިޔާމު ވިދާޅުވިއެވެ.

މަސްވެރިންނަށް ފައިސާ ދޫކުރާނޭ ގޮތަކާއި ގުޅޭގޮތުން މަސްވެެރިންނާއެކު އެއްބަސްވި ގޮތަށް އިއްޔެއިން ފެށިގެން ފައިސާ ދޫކުރަން ފަށާފައިވާކަމަށް މިފްކޯއިން ވަނީ ހާމަކޮށްފައެވެ.

މިފްކޯއިން ނެރުނު ބަޔާނެއްގައި ބުނީ މިފްކޯގެ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި މިފްކޯގެ ސީއީޢޯ އާއި މެނޭޖްމަންޓް ޓީމުން މަސްވެރިންނާއި ބައްދަލުކޮށް އެ ބޭފުޅުންގެ އުދާސްތަކާއި ޝަކުވާތައް ވަރަށް ގާތުން އަޑުއަހާފައިވާކަމަށެވެ. އަދި މަސްވެރިން ތަހައްމަލު ކުރަމުން ގެންދަވާ މޮޅިވެރިކަމަށް ނިމުން ގެނައުމަށް މިފްކޯ މެނޭޖްމަންޓުން އަބަދުވެސް މަސައްކަތް ކުރާނެކަމުގެ ޔަގީންކަން އަރުވާކަމަށްވެސް މި ބަޔާނުގައިވެއެވެ. އަދި މި ބައްދަލުވުންތަކުގައި މަސްވެރިން ދެއްކެވި ރިވެތި ނަމޫނާ އާއި އެ ބޭފުޅުން ބެހެއްޓިގާތްކަން ނުހަނު އުފަލާއެކު ބަލައިގަންނަކަމަށްވެސް ބަޔާނުގައިވެއެވެ.

މިފްކޯގެ ބަޔާނުގައި ބުނީ މަސްއޮޑިފަހަރަށް ދޭންޖެހޭ ފައިސާ ދޫކުރުމުގެ ހައްލު ހޯދައިދިނުމަށް ކަމާބެހޭ ވުޒާރާތަކާއި މަސްވެރިން ހިމެނޭގޮތަށް ގުޅިގެން، މިފްކޯގެ މެނޭޖްމަންޓް ޓީމުން މެދުކެނޑުމެއްނެތި މަސައްކަތްކުރަމުން ގެންދާނެކަމަށެވެ. އަދި ކޫއްޑޫގައި ބޭއްވުނު ބައްދަލުވުންތަކުގައި ފާޙަގަކުރެވިފައިވާ ފަދައިން، މަސްވެރިންނަށް ފައިސާ ދޫކުރާނޭ ގޮތުގެ ތަފްސީލުތައް ހިއްސާކޮށްފައިވާ ގޮތަށް މިއަދުން ފެށިގެން ފައިސާ ދޫކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށްވެސް މިފްކޯގެ ބަޔާނުގައިވެއެވެ.

މިފްކޯއިން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރާނީ މަސްވެރިންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި އަވަސް ހިދުމަތް ފޯރުކޮށްދީ، މަސްވެރިންގެ ކަންބޮޑުވުންތައް ބަލައިގަނެ އެ ކުންފުނިން ދެވޭ ހިދުމަތަކީ މަސްވެރިންނަށް ފަސޭހަ ހިދުމަތަކަށް ހެދުމަށްކަމަށެވެ. އަދި މަސްވެރިންގެ ފަރާތުން ފެނިގެންދާ ކެތްތެރިކަމާއި ކުންފުންޏަށް ލިބިގެންދާ އެއްބާރުލެއްވުމަށް ޝުކުރު ދަންނަވާކަމަށްވެސް މިފްކޯގެ ބަޔާނުގައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ