
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު
ވެރިފަރާތުގެ ސިޓީއެއް ހުށަހެޅުމުން، އެ ސިޓީގައި ބަޔާންކޮށްފައިވާ ފަރާތަށް ވެސް އައިޑީކާޑު ދޫކުރާ ގޮތަށް އުސޫލު ބަދަލުކޮށްފި އެވެ.

ކުރިން އުސޫލު އޮންނަ ގޮތުން ވެރިފަރާތް ނޫން އެހެން މީހަކަށް އައިޑީކާޑު ދުލެއް ނުކުރެއެވެ. ޑީއާންއާރުން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ ރައްޔިތުންނަށް ލުއި ފަސޭހަކޮށްދިނުމަށް އައިޑީކާޑުގެ ވެރިފަރާތްނޫން އެހެން ފަރާތަކަށް ކާޑު ދޫކުރަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ކާޑުގެ ވެރިފަރާތުގެ ސިޓީއެއް ހުށަހަޅައިގެން އެ ސިޓީގައިވާ ފަރާތަކަށް އަންނަ އާދިއްތަ ދުވަހުން ފެށިގެން އައިޑީކާޑު ދޫކުރާނެ ކަމަށް ޑީއާންއެރުން ބުންޏެވެ.
އެގޮތަށް އައިޑީކާޑު ދޫކުރުމަށް ފަހު، ވެރިފަރާތަށް ކާޑު ނުލިބިގެން ޝަކުވާ ހުށަހަޅައިފި ނަމަ، އެ މައްސަލަ ތަހުގީގުކުރަން އެ ޑިޕާޓްމަންޓުގެ ފަރާތުން ފުލުސް އޮފީހަށް ހުށަހަޅާނެ ކަމަށްވެސް ޑީއެންއާރުން ނެރުނު ސާކިއުލާގައި ބުނެފައިވެއެވެ.
ޑީއެންއާރުން މިހާތަނަށް އައިޑީކާޑު ދޫކުރަމުން އައީ އެ ކާޑުގެ ވެރިފަރާތަށް އެކަންޏެވެ. އެކަމާ ހެދި، އުމުރުން ދުވަސްވީ މީހުންގެ ކާޑު ނަގަން ގޮންޖެހުންތައް ދިމާވެ އެވެ.