
މޭ 10 ގެ ކުރިން ރާއްޖޭގައި ތިބި ބޭރުގެ ހުރިހާ ސިފައިން ފައިބާނެެ, ލިޔެކިޔުމުން ވަނީ އެއްބަސްވެފައި - ރައީސް
# ރައީސް މުއިއްޒު# ރާއްޖެ-އިންޑިއާ# އިންޑިއާ ސިފައިންރައީސް މުއިއްޒު މިރޭގެ ޖަލްސާގައި
ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން އަންނަ މޭ 10 ވަނަ ދުވަހުގެ ކުރިން ރާއްޖެއިން ފައިބާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ..

ރައީސް މިފަދައިން ވިދާޅުވީ ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ އެމަނިކުފާނާއި ސަރުކާރުގެެ އިސް ވަފުދެއް އައްޑޫއަށް ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން މިހާރު ކުރިޔަށްދާ އައްޑޫ ސިޓީ ފޭދޫ އަދި ހިތަދޫ ރައްޔިތުންނާ ބައްދަލުކުރުމަށް ކުރިޔަށްދާ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ރައީސް ވިދާޅުވީ ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފުރަތަމަ ދުވަހު އެމަނިކުފާނުގެ ހުވާ ކުރައްވާ ރަސައްމިއްޔާތަށް އިންޑިއާއިން ވަޑައިގެންނެވި ވަޒީރާއި ބައްދަލުކުރެއްވި ކަމަށާއި ރަސްމީކޮށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ފެއްޓެވި ކަމަށެވެ. އެމަސައްކަތް އެދުވަހު ފެށި ގޮތަށް މިއަދާއި ހަމައަށް އައި އިރު އޮތީ ސިފައިން ބޭލުމަށް އިންޑިއާއާއިއެކު އެއްބަސްވެވި ލިޔެެކިިޔުމުން އެއްބަސްވެވިފައިކަން ރައީސް ހާމަކުރެއްވި އެވެ.
ރައީސް ވިދާޅުވީ މިކަމަކީ ހުރިހާ ދިވެހިން އެެކަމަކަށް ހަމްދު ކުރަންވީ ކަމެއް ކަމަށާއި ރައްޔިތުން އެމަނިކުފާނަށް ވޯޓު ދެއްވައި ވެރިކަން ހަވާލުކުރެއްވީ އެކަން ކުރައްވާނެެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތުމުން ކަމަށެވެ. އަދި ރައްޔިތުން ކުރެއްވި އިތުބާރާއި އެއްގޮތަށް އަންނަ މާޗު މަހުގެ 10 ވަނަ ދުވަހު ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ފުރަތަމަ ބެޗު ރާއްޖެއިން ފައިބާނެ ކަން ރައީސް ހާމަކުރެއްވި އެވެެ.
ރައީސް އިތުރަށް ވިިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ދެވަނަ ބެެޗު ފުރަތަމަ ބެޗު ފައިބާތާ 2 މަސްތެރޭ ފައިބާނެެ ކަމަށް އެއްބަސްވެފައިވާ ކަމަށެވެ.
މިއާއި އެކު މޭ 10 ގެ ކުރިން ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން ރާެއްޖެއިން ފައިބާނެ ކަން މިހާރު ކަށަވަރުވެފައިވާކަން ރައީސް މުއިިއްޒު ވިދާޅުވިއެވެ.
ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ރާއްޖެއިން ބޭލުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒު ރިޔާސީ ވައުދުފުޅެކެވެ.
ގުޅުންހުރި

މަޖީދިއްޔާއަކީ މި ޤައުމުގެ އެންމެ ޝަރަފްވެރި "ޢިލްމީ ބަގީޗާ" - ރައީސް

ރައީސް މުއިއްޒު އަކީ ފޭރާން ހެޔޮ މުޖުތަމައުއެއް ބިނާކުރަން މަސައްކަތް ކުރައްވާ ވެރިޔެއް - މުޖުތަބާ

މި އަހަރު ނިމެންވާއިރަށް އެސްޓީއޯ ރޭޓުގައި ހުރިހާ އަތޮޅަކުން ތެޔޮ ލިބޭނެ
