
ގެދޮރުވެރިކަމުގެ މަޝްރޫއުތަކުން އިސްރަށްވެހިންނަށް އިސްކަންދޭނެ - ރައީސް
# ރައީސް މުއިއްޒު# އިސްރަށްވެހިން-
ގެދޮރުވެރިކަމުގެ މަޝްރޫއުތަކުން އިސްރަށްވެހިންނަށް ފުރުސަތު ފަހިކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އިސްރަށްވެހިންގެ ފުރަތަމަ އިޖުތިމާއީ މަރުކަޒު "އިސްރަށްވެހިންގެ ނާދީ" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ސަރުކާރުން މީގެ ކުރިން އަޅާނުލެވި ވާ ފަރާތްތަކަށް މިސަރުކާރުން ހާއްސަ ސަމާލުކަމެއް ދީގެން އެކިކަހަލަ ވަސީލަތްތައް ފޯރުކޮށްދިނުމަށް މިސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެގޮތުން އިސްރަށްވެހިންނާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި، އަދިވެސް ސަރުކާރުން މީގެ ކުރިން އަޅާނުލެވިވާ ފަރާތްތަކަށް ސަމާލުކަން ދިނުމުގައި ބުރަ މަސައްކަތެއް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން މެންޑޭޓްްގައިވެސް ހިމެނޭނެ ކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ރައީސް ވިދާޅުވީ، ގެދޮރު މައްސަލައިގައިވެސް ގޮތްތަކެއް ނިންމާފައިވާ ކަމަަށާއި، ގެދޮރު އެޅުމުގެ މަޝްރޫއުތައް ކުރިއަށްގެންދާއިރު، އެކި ކަހަލަ ޝަރުުތުތަކާއި، ކެޓެގަރީތައް ކަނޑައަޅާއިރު، ހަވާސާ ކުރެވިފައިވާ ފަރާތްތަކަށް ސަމާލުކަން ދެއްވާނެ ކަމަށެވެ. އެކަމަށްޓަކައި މަޖިލީހަށް ހުށަހެޅުމަށް ބިލެއް ފަރުމާކުރަމުން އަންނަ ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
"ކުރިއަށް އޮތްތަނުގައި މިކަމަށް ހާއްސަ ބިލެއް މަޖިލީހަށް ފޮނުވޭނެ. ހައުސިންގ ކެޓެގަރީތަކުގެ ފަންތިތަކާއި ގިންތިތައް ކަނޑައެޅުމާއި ގުޅޭ ބިލެއް، މި ބިލް ފަރުމާ ކުރެވިގެން ދާއިރު، ހަވާސާ ކުރެވިފައިވާ ހުރިހާ ފަރާތްތަކަށް ދޭން ޖެހޭ ސަމާލުކަމެއް ދިނުން، އިސްރަށްވެހިންނަށް މިހާރު އެންމެ ބޮޑަށް ދިމާވެފައިވާ އެންމެ ބޮޑު ދަތިކަމަކީ ގޭތެރޭގައި ކަންތައް، މާލޭގައިވެސް ރާއްޖޭގައިވެސް ހުރި ގޮތުން، ދަތިތައް އެބަހުރި ގެދޮރުގެ މައްސަލައިގައި، އެ ދޭން ޖެހޭ އިސްކަމެއް ނުދެވޭ" - ރައީސް
މި ސަރުކާރުން ގާއިމް ކުރާ ގެދޮރުގެ މަޝްރޫއުތަކުގައި އިސްރަށްވެހިންނަށްވެސް ފުރުސަތު ފަހިވެގެން ދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މިއަދު ހުޅުވިގެންދިޔަ އިސްރަށްވެހިންގެ ނާދީގައި ތަފާތު ޙިދުމަތްތައް ދިނުމަށް ހަމަޖެހިފައިވާއިރު މި ޙިދުމަތްތަކުގެ ސަބަބުން "އިސްރަށްވެހިންގެ ނާދީ" އަކީ ރައްޔިތުންނަށް ބޭނުންތެރި ޙިދުމަތްތަކެއް ލިބިގެންދާނެ ތަނަކަށް ވެގެންދިއުމަކީ އަމާޒެއްކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ. އިސްރަށްވެހީންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ޔަޤީން ކޮށްދިނުމަށްޓަކައި ތަފާތު ޚިދުމަތްތައް ހިމެނޭގޮތަށް ރާއްޖޭގެ އުތުރާއި ދެކުނާއި އަދި މެދުރާއްޖެތެރޭގައި މަރުކަޒުތަކެއް ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.
ގުޅުންހުރި

ޓެކްސަސްގެ ފެންބޮޑުވެ ގިނަ ބަޔަކު މަރުވުމާއި ގުޅިގެން ރައީސް މުއިއްޒު، އެމެރިކާގެ ރައީސަށް ހަމްދަރުދީ ފޮނުއްވައިފި
.jpg&w=3840&q=75)
ޓޫރިޒަމްގެ ބޭނުމަށް ތަރައްޤީކުރުމަށް ޓަކައި "ފަރުމުލި" އަކީ މާފަރުގެ ބައެއް ނޫންކަމުގައި ރައީސް ކަނޑައަޅުއްވައިފި

ޖަމުޢިއްޔަތުލް ފަލާޙްގެ ކީރިތި ޤުރުއާން ކިޔެވުމުގެ ރަންޔޫބީލް މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް!
.jpg&w=3840&q=75)