
ކ. މާފުށި ---
މާފުށީގައި މިއަހަރު ޑޮލަރު އޭޓީއެމްއެއް ހުޅުވަން މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވި ސަރުކާރުން މިހާރު ކުރިއަށްގެންދާ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގެ ތެރެއިން ކ. މާފުށީ، ޖަންބުމާގޭ އަހުމަދު ސަމީރު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.
ސަމީރު ސުވާލުތައް އަމާޒުކުރެއްވީ ރައީސް މުއިއްޒު މާފުއްޓަށް ވެވަޑައިގެންފައިވާ ވައުދުތަކާ ގުޅޭގޮތުންނެވެ. އެގޮތުން މާފުށީ ޑޮލަރު އޭޓީއެމްއެއް ބެހެއްޓުމާއި ގުޅޭގޮތުން ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ, މާފުށީގައި ޑޮލަރު އޭޓީއެމެއް ބެހެއްޓުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށާއި, އެ މަސައްކަތް ބީއެމްއެލްއާ ގުޅިގެން ކުރިއަށްގެންދަވާނެކަމަށެވެ.
"އަޅުގަނޑުމެން ބޭންކް އޮފް މޯލްޑިވްސްއާ ވާހަކަދައްކައިގެން އިރާދަކުރެއްވިއްޔާ މިއަހަރު ތެރޭގައި އަޅުގަނޑުގެ ޓާގެޓަކީ ވީހާވެސް އަވަހަށް އެ އޭޓީއެމް ބެހެއްޓުން. ވަރަށް މަސައްކަތް ކުރާނަން،" - ރައީސް ވިދާޅުވި އެވެ.
ރަށުގެ ބިން ހިއްކުމާއި ގުޅޭގޮތުން ސަމީރު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ, އެ މަޝްރޫޢުގެ މަސައްކަތް ސީދާ މިއަހަރު ތެރޭގައި ނުފެށުނު ނަމަވެސް ވީހާވެސް އަވަހަށް އެ މަޝްރޫޢުގެ މަސައްކަތް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ރައީސް ވިދާޅުވީ, އެމަނިކުފާނު މަސައްކަތް ކުރައްވަނީ ދައުރުގެ ފަހު އަހަރަށް މަޝްރޫޢުތައް ބަހައްޓަން ނޫން ކަމަށާއި، ރައްޔިތުންނަށް ފައިދާ ހުރި އެފަދަ މަޝްރޫޢުތައް ވީހާވެސް އަވަހަށް ކުރިއަށްގެންދަން ބޭނުންފުޅުވާކަމަށެވެ.
ގުޅުންހުރި

ކައުންސިލް އިންތިހާބު: ޕީއެންސީގެ ޑޯޓުޑޯ ހަރަކާތުގައި ރައީސް މުއިއްޒު!

މާފުށީގައި އައު ނަރުދަމާ ނިޒާމެއް ޤާއިމުކުރުމާއި އެ ރަށު ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢު ރަސްމީކޮށް ފަށްޓަވައިދެއްވައިފި

ބަންގްލަދޭޝަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ރާއްޖެ ވަޑައިގެންފި

.gif&w=3840&q=75)



