logoEN
cocacola
ގުޅީފަޅު ބިން ހިއްކުން މަޑުޖައްސާލަން ކުރި ހުކުމް އިސްތިއުނާފު ކުރަނީ

ގުޅީފަޅު ބިން ހިއްކުން މަޑުޖައްސާލަން ކުރި ހުކުމް އިސްތިއުނާފު ކުރަނީ

އައިޝަތު އިފާޝާ

logo

2/15/2024, 5:00:42 AM

# ގުޅީފަޅު

ގުޅިފަޅު ބިން ހިއްކުމުގެ މަޝްރޫޢުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

ގުޅީފަޅު ބިން ހިއްކުމުގެ މަޝްރޫއުގެ ހުރިހައި މަސައްކަތެއް މަޑުޖައްސާލުމަށް އިއްޔެ ހައި ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރަން ސަރުކާރުން ނިންމަވައިފިއެވެ.

ގޮސިޔާ

ބަންޑާރަނައިބު އަލްއުސްތާޛް އަހުމަދު އުޝާމް މިކަން ހާމަކުރެއްވީ އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި އޭނާ ވިދާޅުވީ މި މައްސަލަ އިސްތިއުނާފު ކުރުމަށް ނިންމާފައިވަނީ އެމަސައްކަތް ހުއްޓާލުމުން ދައުލަތަށް ލިބޭނެ ގެއްލުމުގެ ސަބަބުން ކަމަށެވެ.

އުޝާމް ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ގުޅީފަޅު ޕްރޮޖެކްޓަކީ އެތައް މިލިއަން ރުފިޔާގެ އަގުހުރި ޕްރޮޖެކްޓެއް ކަމަށާއި މިހާތަނަށް އެތަން ހިއްކުމުގެ އަށްޑިހަ އިންސައްތަ މަސައްކަތް ނިމިފައިވާއިރު މަސައްކަތް ހުއްޓިފައި އޮންނަ ކޮންމެދުވަހަކު ދައުލަތަށް އެތައް މިލިއަން ރުފިޔާއެއްގެ ގެއްލުން ވާނެ ކަމަށެވެ. އެހެންވެ ދައުލަތުގެ ފަރާތުން ހައި ކޯޓުގެ އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ނިންމަވާފައިވާ ކަމަށް ވިދާޅުވިއެވެ.

ހައި ކޯޓުން ގުޅީފަޅު ހިއްކުމުގެ މަޝްރޫއު މަޑުޖައްސާލަން ހުކުމް ކުރީ އާންމު މީހަކު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެއްގައި އެ މަސައްކަތް މަޑުޖައްސާލަން ވަގުތީ އަމުރަކަށް އެދުމުން އެ އަމުރު ނެރެނުދިނުމުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުންނެވެ. އެގޮތުން، ސިވިލް ކޯޓުގައި އޮތް މައްސަލަ އެއްކޮށް ނިމެންދެން ބިން ހިއްކުމުގެ މަޝްރޫއުގެ ހުރިހާ މަސައްކަތެއް މަޑުޖައްސާލަން ވަނީ ހުކުމްކޮށްފައެވެ.

ސިވިލް ކޯޓުން ނެރުނު އަމުރުގައި ވަނީ އެ މަޝްރޫއުގެ މަސައްކަތް ކުރިއަށްދާއިރު އީއައޭގައި ކަނޑައަޅާފައިވާ މިންގަނޑުތަކާއި ޚިލާފަށް އަމަލުކޮށްފައިވާ ކަމަށާއި އެކަމުގެ ސަބަބުން ތިމާވެއްޓަށް ބޮޑެތި ގެއްލުންތައް ލިބޭނެކަން އެނގޭއިރު އެކަންކަން ނަފީކުރާނެ ހެއްކެއް ދައުލަތުން ދައްކާފައިނުވާ ކަމަށެވެ. އެހެން ކަމުން އެފަދަ ހާލަތުގައި ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ. އަދި ވަގުތީ އަމުރު ނުނެރެފިނަމަ ތިމާވެށި ހަލާކުވުމުގެ ސަބަބުން މައްސަލަ ހުށަހެޅި ފަރާތާއި އާންމުންނާއި އަންނަން އޮތް ޖީލުތަކަށްވެސް އިއާދަނުކުރެވޭނެ ގެއްލުންތަކެއް ލިބިދާނެ ކަމަށްވެސް އަމުރުގައިވެއެވެ.

މީގެ އިތުރުން މަޝްރޫއު ހުއްޓާލުމުގެ ސަބަބުން ދައުލަތަށް ލިބޭނެ މާލީ ގެއްލުންތަކަށް ވުރެ މަޝްރޫއު ކުރިއަށް ގެންގޮސްފިނަމަ ތިމާވެށްޓަށް ލިބިދާނެ ކަމަށް ބެލެވޭ ގެއްލުންތައް މާ ބޮޑުކަމަށްވެސް ހައިކޯޓުގައި އަމުރުގައިވެއެވެ.

ގުޅީފަޅުން ޖުމްލަ 150 ހެކްޓަރުގެ ބިން ހިއްކުމަށް ނިންމާފައިވާއިރު މިހާތަނަށް 100 ހެކްޓަރުގެ ބިން ވަނީ ހިއްކާ ނިމިފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ