logoEN
cocacola
ބީއެމްއެލުން ޕާސަނަލް ލޯނާއި ފައިނޭންސިންގ ވަގުތުން އެޕްރޫވްކޮށްދޭ ގޮތަށް ހަމަޖައްސައިފި

ބީއެމްއެލުން ޕާސަނަލް ލޯނާއި ފައިނޭންސިންގ ވަގުތުން އެޕްރޫވްކޮށްދޭ ގޮތަށް ހަމަޖައްސައިފި

އަހުމަދު ޝުރާއު

logo

2/14/2024, 12:40:59 PM

# ބީއެމްއެލް

ފޯނުން ލޯނެއް

ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރާ ލުއި ލޯނާއި ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިންގ ވަގުތުން އެޕްރޫވްކޮށްދޭން ނިންމައިފިއެވެ.

ގޮސިޔާ

ބީއެމްއެލުން ބުނީ މިއީ ދިވެހިރާއްޖޭގައި ލޯނާއި ފައިނޭންސް މިގޮތަށް އެޕްރޫވްކޮށްދޭ ފުރަތަމަ ފަހަރު ކަމަށެވެ.

މި ބަދަލާއެކު ޝަރުތުހަމަވާ ކަސްޓަމަރުންނަށް އިންޓަރނެޓް އަދި މޮބައިލް ބޭންކިންގ އެޕް މެދުވެރިކޮށް ލޯނާއި ފައިނޭންސިންގ ލިބޭ އަދަދު ފެންނާނެއެވެ. އަދި އޮންލައިންކޮށް ހުށަހަޅެމުން ލޯނު އެޕްރޫވްކޮށް 4 ގަޑިއިރުތެރޭ އެކައުންޓަށް ފައިސާ ޖަމާކޮށްދޭނެއެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށް ކަސްޓަމަރުން ހިތްހަމަޖެހޭ ފަދަ ހިދުމަތެއް ދިނުމަކީ އެކުންފުނީގެ ސްޓްރެޓެޖީގެ މުހިންމު އެއް ބައި ކަމަށާއި ކަސްޓަމަރުން ބޭނުންވާފަދަ ރަނގަޅު ހިދުމަތެއް ދިނުމަށް އެކުންފުނިން ދަނީ ޕްރޮސެސްތަކަށް ބަދަލުގެނެސް ސިސްޓަމަތަކަށް މުހިންމު ބަދަލުތަކެއް ގެންނަމުން ކަމަށެވެ.

މިއަދު މި ގެނެވުނު ބަދަލާއެކު ލުއި ލޯނާއި ޕާސަނަލް ފައިނޭންސިންގ އަށް އެދި ހުށަހެޅުމުން ވަގުތުން އެޕްރޫވްކޮށްލެވޭނެ. އެހެން ކަމުން ޕްރޮސެސްކުރުމަށް ހޭދަވާ ވަގުތު މިވަނީ 5 ދުވަހުން މަދު މިނިޓްކޮޅަކަށް ކުޑަކުރެވިފައި." ކާރލް ސްޓުމްކަ ވިދާޅުވިއެވެ.

ކަސްޓަމަރުންނަށް ލިބޭނެކަމަށް ފެންނަ އަދަދަކީ ބޭންކުގެ ކްރެޑިޓް އިވެލުއޭޝަނަށް ފަހު ކަނޑައަޅާފައިވާ އަދަދެކެވެ. ކަސްޓަމަރުންނަށް ކްރެޑިޓްލިމިޓުގެ ގޮތުގައި ފެންނަ ޖުމްލަ އަދަދާ ހަމަޔަށް އެދި ހުށަހެޅުމުގެ ފުރުސަތު ލިބެއެވެ. މި ފައިނޭންސިންގ ތަކުގެ ރޭޓަކީ %15 އެވެ. އަދި ފައިނޭންސިންގ އަށް އަނބުރާ ފައިސާ ދެއްކުމަށް 5 އަހަރު ލިބޭނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ