ސަރުކާރުގެ ފަރާތުން މަޖިލީހަށް 24 ބިލެއް ހުށަހަޅުއްވައިފި
އައިޝަތު އިފާޝާ
2/13/2024, 9:11:03 AM
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން - ފޮޓޯ: މަޖިލިސް
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރަށް 24 ބިލެއް ހުށަހަޅުއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން މަޖިލީހުގެ ކޮންމެ ދައުރެއް ފެށުމުން ސަރުކާރުގެ ފަރާތުން އެ ދައުރަކަށް ހުށަހަޅަން ބޭނުންވާ ބިލްތަކުގެ ލިސްޓެއް ހުށަހަޅަން ޖެހެއެވެ. އެ ގަވާއިދުގެ ދަށުން މި މަހުގެ 12 ވަނަ ދުވަހު ސަރުކާރުން ވަނީ މަޖިލީހަށް ބިލުތަކުގެ ލިސްޓެއް ހުށަހަޅުއްވާފައެވެ.
ސަރުކާރުން މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލުތައް
- ބިމުގެ ބިލް
- ބޯހިޔާވަހިކަމުގެ ބިލް
- ރިއަލްއެސްޓޭޓް ވިޔަފާރީގެ ބިލް
- އަރބަން ޕްލޭނިންގ އަދި އަރބަން ޑެވެލޮޕްމަންޓްގެ ބިލް
- ނަފްސާނީ ސިއްޙަތުގެ ބިލް
- ސިއްހީ ޚިދުމަތް ދިނުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- ކޮޕީރައިޓާއި އެއާ ގުޅޭ އެހެނިހެން ޙައްގުތަކުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- ދަތުރު ރާވާ ހިންގުމުގެ ޚިދުމަތް ދިނުމާ ބެހޭ ބިލް
- ސޮވެރިން ޑެވެލޮޕްމަންޓް ފަންޑުގެ ބިލް
- ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- ފޮރިން އިންވެސްޓްމަންޓް ބިލް
- ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީސްއާ ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- ޑިޕްލޮމެޓިކް އިމްތިޔާޒްގެ ބިލް
- ދައުލަތުގެ ފިޒްކަލް ޒިންމާގެ ބިލް
- ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- ވަޒީފާ ގެއްލޭ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބިލް
- ވަޒީފާއާ ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ޟިހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- މަސްތުވާތަކެއްޗާ ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- މީޑިއާ ކޮމިޝަންގެ ބިލް
- ބްރޯޑްކާސްޓް ކުރުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ސަރުކާރުން މަޖިލީހަށް ހުށަހެޅި ފުރަތަމަ ބިލްތަކެވެ. އެ ބިލްތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅުތަކާ ގުޅުންހުރި ބިލުތައް ވެސް ހިމެނެއެވެ.