logoEN
cocacola
ތަފާތުބޮޑު ނަތީޖާއަކުން ވެސްޓްހަމް ބަލިކޮށް އާސެނަލް އިން ޗެންޕިއަން ސިޓީ އާއި އަރާ ހާމަކޮށްފި

ތަފާތުބޮޑު ނަތީޖާއަކުން ވެސްޓްހަމް ބަލިކޮށް އާސެނަލް އިން ޗެންޕިއަން ސިޓީ އާއި އަރާ ހާމަކޮށްފި

ހަސަން ޝަމްއޫން

logo

2/12/2024, 2:37:09 AM

# އިނގިރޭސި ޕްރިމިއާ ލީގު# ބޭރު ދުނިޔޭގެ ކުޅިވަރު# ވެސްޓްހަމް ޔުނައިޓެޑް # އާސެނަލް

ވެސްޓްހަމް އާއި އާސެނަލް ވާދަކުރި މެޗުގެ ތެރެއިިން

ގޮސިޔާ

އިގިރޭސި ޕްރެމިއާ ލީގުގައި އާދިއްތަ ދުވަހުގެ ރޭ ރަށުން ބޭރުގައި 6-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ވެސްޓްހަމް ބަލިކޮށް އާސެނަލް އިން ޗެންޕިއަން މެންޗެސްޓާ ސިޓީ އާއި އަރާ ހާމަކޮށްފިއެވެ.

މެޗުގެ ފުރަތަަމަ ހާފުގައި އާސެނަލްގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި، އެޓީމުން ލީޑު ހޯދީ މެޗުގެ 32 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފުރާންސްގެ ޑިފެންޑަރު ވިލިއަމް ސަލިބާއެވެ. މިއީ އެޓީމަށް ލިބުނު ކޯނަރެއްގައި މިޑްފިލްޑަރު ޑެކްލަން ރައިސް ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

އާސެނަލް އިން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ 41 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީ ބަކަޔޯ ސަކާ އެވެ. އަދި އޭގެ ތިން މިނެޓު ފަހުން އެޓީމަށް ލިބުނު ކޯނަރެއްގައި މިޑްފިލްޑަރު ޑެކްލަން ރައިސް ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ބްރެޒިގެ ޑިފެންޑަރު ގެބްރިއަލް އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ