logoEN
cocacola
އިތުރަށް އެއްމެޗު ކުޅެ، ލިވަޕޫލުން އެއްވަނާގައި ދެ ޕޮއިންޓްގެ ލީޑެއް ނަގައިފި

އިތުރަށް އެއްމެޗު ކުޅެ، ލިވަޕޫލުން އެއްވަނާގައި ދެ ޕޮއިންޓްގެ ލީޑެއް ނަގައިފި

ހަސަން ޝަމްއޫން

logo

2/11/2024, 1:00:00 AM

# އިގިރޭސި ޕްރިމިއާ ލީގް# ބާންލީ # ލިވަޕޫލް# ބޭރު ދުނިޔޭގެ ކުޅިވަރު

ލުއިސް ޑިއާޒް ބާންލީ ކޮޅަށް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ

އިގިރޭސި ޕްރެމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ބާންލީ އާއި ދެކޮޅަށް ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ލީގު ތާވަލުގެ އެއްވަނައިގައި ލިވަޕޫލުން ދެ ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

ގޮސިޔާ

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ލިވަޕޫލުން ނެވެ. މިލަނޑު ފުރަތަމަ ހާފުގެ 31 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޕޯޗުގަލްގެ ފޯވާޑް ޑިއެގޯ ޖޯޓާ އެވެ. މިއީ އެޓީމުގެ އެލެގްޒެންޑަރ އާނޯލްޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ބާންލީ އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 45 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަޔަލޭންޑްގެ ޑިފެންޑަރު ޑަރާ އޯޝޭ އެވެ. މިއީ އެޓީމަށް ލިބުނު ކޯނަރެއްގައި މިޑްފިލްޑަރު ޖޯޝް ބްރައުންހިލް ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ލިވަޕޫލުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފެށިގެން 7 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކޮލަންބިޔާގެ ފޯވާޑް ލުއިސް ޑިއާޒް އެވެ.

ލިވަޕޫލުން އެޓީމުގެ ލީޑު ފުޅާކުރި ލަނޑު ފަހުހާފުގެ ހާފުގެ 79 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އުރުގުއާއީގެ ފޯވާޑް ޑާވިން ނުނޭޒް އެވެ. މިއީ އެޓީމުގެ ޒުވާން މިޑްފިލްޑަރު އެލިއޮޓް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 24 މެޗުން ލިވަޕޫލަށް 54 ޕޮއިންޓް ލިބިފައިވާއިރު، ދެވަނަގައި އޮތް މެންޗެސްޓާ ސިޓީއަށް 23 މެޗުން ލިބިފައިވަނީ 52 ޕޮއިންޓެވެ. އަދި މިމެޗުން ބަލިވި ބާންލީ އިން ލީގުގައި ކުޅުނު 24 މެޗުން ލިބުނު 13 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 19 ވަނައިގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ