logoEN
cocacola
ދިވެހި މަސްދޯނިތަކަށް އަރައި ހިންގި އޮޕަރޭޝަންގެ ތަފްސީލު ދިނުމަށް އިންޑިއާ ސަރުކާރަށް އަންގައިފި

ދިވެހި މަސްދޯނިތަކަށް އަރައި ހިންގި އޮޕަރޭޝަންގެ ތަފްސީލު ދިނުމަށް އިންޑިއާ ސަރުކާރަށް އަންގައިފި

އަލްފާ އަލީ

logo

2/2/2024, 6:22:58 PM

# ރާއްޖެ-އިންޑިއާ# މަސްވެރިން

އިންޑިއާ ސިފައިން ދިވެހި މަސްވެރި އުޅަނދުތަކަށް އެރީ ހަތިޔާރާއެކު ---

ދިވެހި މަސްދޯނި ތަކަށް އަރައި އިންޑިއާ އަސްކަރިއްޔާއިން ހިންގި އޮޕަރޭޝަންގެ ތަފްސީލު ދިނުމަށް ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރަށް އަންގައިފި އެވެ.

ގޮސިޔާ

ބުދަ ދުވަހު އިންޑިއާގެ ސިފައިންގެ ކޯސްޓްގާޑު އުޅަނދަކުން ވަނީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދަށް ގާނޫނާ ހިލާފަށް ވަދެ ހަތިޔާރާއެކު ދިވެހި މަސްދޯނިތަކަށް އަރާފައެވެ. އިންޑިއާ ސިފައިން އަރާފައިވަނީ ރާއްޖޭގެ އުތުރުން އިގްތިސާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ އަސުރުމާ-3، ނިރު-7 އަދި މާހޯރަ-3 ދޯންޏަށެވެ.

ދިފާއީ ވުޒާރާއިން މިރޭ ނެރުނު ބާޔާނެއްގައި ބުނެފައިވަނީ، ދިވެހި ތިން މަސްދޯންޏަކަށް އަރާފައިވަނީ އިންޑިއާ ކޯސްޓްގާޑު ޝިޕް 246 އަދި އިންޑިއާ ކޯސްޓްގާޑު ޝިޕް 253 އަށް ނިސްބަތްވާ ބޯޑިން ޓީމުތަކުން ކަށަވަރު ކުރެވިފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން އަސުރުމާ ތިނަކަށް އިންޑިއާ ސިފައިން އެރީ ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގެ ތެރޭގައި މަސްވެރިކަން ކުރަމުން ދަނިކޮށް ކަމަށްވެސް ބުނެފައިވެއެވެ.

ދިވެހިރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ދިވެހި މަސްދޯނިތަކަށް ދިވެހިރާއްޖޭގެ ކަމާގުޅޭ އެއްވެސް އިދާރާއަކާ ކޯޑިނޭޓް ކުރުމެއްނެތި ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނުތަކާއި އުސޫލުތަކާ ހިލާފަށް އިންޑިއާގެ އަސްކަރިއްޔާއިން ބޯޑުކޮށް ހިންގި އޮޕަރޭޝަންގެ ތަފުސީލު ދެއްވުމަށް ދިވެހިރާއްޖޭގެ ހާރިޖީ ވުޒާރާ މެދުވެރިކޮށް އިންޑިއާ ސަރުކާރަށް 1 ފެބްރުއަރީގައި އަންގާފައިވާނެ ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

އެ ވުޒާރާއިން ބުނީ ދިވެހި ކަނޑުތައް ހިމާޔަތްކުރުމުގައި ދިވެހި ދާހިލިއްޔާއިން ފަސްނުޖެހޭނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ