logoEN
cocacola
ޗައިނާ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުން މަޝްވަރާކޮށްފި

ޗައިނާ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުން މަޝްވަރާކޮށްފި

އަހުމަދު ޝުރާއު

logo

2/1/2024, 11:31:54 AM

# ފޮރިން މިނިސްޓަރ# ޗައިނާ - ރާއްޖެ

ރާއްޖޭގައި ތިބި ޗައިނާ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭ ކަންކަން ހައްލުކުރުމަށް އެކުލަވާލި ޖޮއިންޓް މީޓިންގ މެކޭނިޒަމްގެ ފަސްވަނަ ބައްދަލުވުން

ރާއްޖޭގައި ތިބި ޗައިނާ ޓޫރިސްޓުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގޮތުން އެކުލަވާލި ޖޮއިންޓް މީޓިން މެކޭނިޒަމްގެ ފަސް ވަނަ ބައްދަލުވުން ބާއްވައިފި އެވެެ.

ގޮސިޔާ

މި ބައްދަލުވުން ބާއްވާފައިވަނީ މިއަދު މާލޭގެ މާގިރި ހޮޓަލުގައި އެވެ. މި ޖޮއިންޓް މީޓިންގެ ރިޔާސަތު ބެލެހެއްޓެވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަލްފާޟިލާ ޝެރީނާ ޢަބްދުއްސަމަދު އާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަލްފާޟިލާ ވަންގް ލިކްސިންއެވެ.

2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ޗައިނާގެ ރައީސް ޝީ ޖިންޕިން ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ދެ ގައުމުގެ ސަރުކާރާ ދެމެދު ގާއިމްކުރި މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގެ ފޮލޯއަޕްގެ ގޮތުން، ރާއްޖޭގައި ތިބި ޗައިނާ ޓޫރިސްޓުންގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ޖޮއިންޓް މީޓިންއަކީ ޗައިނާގެ ޓޫރިސްޓުންގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ބޭއްވި 5 ވަނަ ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރު ޝެރީނާ ދެއްކެވި ވާހަކަފުޅުގައި، ކޮވިޑް-19 އާ ގުޅިގެން ޗައިނާއިން އަންނަ ފަތުރުވެރިންގެ އަދަދު އަލުން އިތުރުވަމުންދާތީ އުފާކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި ޗައިނާ އަކީ ރާއްޖޭގެ ތިންވަނައަށް އެންމެ ބޮޑު ޓޫރިޒަމް މާކެޓް ކަން ފާހަގަކުރައްވައި ޗައިނާއިން ސީދާ ދަތުރުތައް ފެށުމާއެކު ރާއްޖޭއަށް ޒިޔާރާތް ކުރާ ފަތުރުވެރިންގެ ތަފާސްހިސާބުތަކަށް ވަރަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

އެކަމަނާ ދެއްކެވި ވާހަކަފުޅުގައި، ޗައިނާގެ ފަތުރުވެރިން ހިމެނޭގޮތަށް ހުރިހާ ފަތުރުވެރިންނަށް ރައްކާތެރި މާހައުލެއް ޤާއިމުކޮށް ދެމެހެއްޓުމަށް ދިވެހި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ރާްއްޖޭގައި ތިބި ޗައިނާގެ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މުވާސަލާތީ އަދި ގުޅުން ބަދަހިކުރުމަށް މަގުފަހިކޮށްދިނުމާއި، މުހިންމު މައްސަލަތައް ޙައްލުކޮށް، ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ޚާއްޞަ ޕްލެޓްފޯމެއް ޤާއިމުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި މި މެކޭނިޒަމްގެ ޒަރިއްޔާއިން ޙާޞިލުކުރެވިފައިވާ ރަނގަޅު ނަތީޖާތައް ވެސް ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ޗައިނާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ތިބި ޗައިނާ ފަތުރުވެރިންނަށް އަމާން މާހައުލެއް ކަށަވަރުކޮށްދިނުމުގައި ދިވެހި ސަރުކާރުން ދެއްވާ އެއްބާރުލުމާއި އެއްބާރުލުމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ޗައިނާގެ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ރާއްޖެއާއި ޗައިނާ ގުޅިގެން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

ޖޮއިންޓް މީޓިންގައި ފޮރިން މިނިސްޓްރީއާއި ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީ އާއި ޓޫރިޒަމް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީ އާއި މޯލްޑިވްސް އިމިގްރޭޝަނާއި މޯލްޑިވްސް ކަސްޓަމްސް ސާވިސް އާއި މޯލްޑިވްސް ޕޮލިސް ސާވިސް އާއި އެމްއެންޑީއެފް އާއި މަޓީ އާއި އެމްއެމްޕީއާރުސީގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ