
--
ޗައިނާ ސަރުކާރުން ރާއްޖެއަށް އައު ސަފީރަކު ކަނޑައަޅައިފި އެވެ.

ޗައިނާއިން ރާއްޖެއަށް އައު ސަފީރެއްގެ ގޮތުގައި ކަނޑައެޅުއްވީ ސަފީރު ކޮންގް ޒިއަންހުއާ އެވެ. މިއަދު ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި ސަފީރު ކޮންގް ޒިއަންހުއާ ވަނީ ސަފީރު ކަމުގެ ފަތްކޮޅު ރައީސް ޑރ މުޙަންމަދު މުޢިއްޒަށް އަރުއްވާފައި އެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި، ސަފީރު ޖުމްހޫރީ މައިދާނުން ރައީސް އޮފީހަށް ވަޑައިގެންނެވީ އެމްއެންޑީއެފް ޑްރަމާއި ޓްރަމްޕެޓް ބޭންޑާއެކު ބޭއްވި ސަގާފީ ހިނގާލުމެއް ކަމަށްވާ "ހައިކޮޅު" ގައެވެ.ސަފީރުކަމުގެ ފަތްކޮޅު އެރުއްވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަށް މަރުޙަބާ ވިދާޅުވެ، ދެޤައުމުގެ މަސްލަހަތު ހުރި ކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ސަފީރު ދެއްކެވި ވާހަކަފުޅުގައި، ޗައިނާސަރުކާރުން ރާއްޖެއަށް ބޭނުންވާ ކަންކަމަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ މުޢިއްޒަށް ދެއްވިއެވެ.ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 1972 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހުއެވެ.
ގުޅުންހުރި

ޗައިނާ އިން ރާއްޖޭގައި ކުރިއަށް ގެންދާ "އޯވަސީޒް ސެމިނަރ އޮން އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ" ފަށައިފި

ޗައިނާގެ ޤައުމީ ދުވަހުގެ ތަހުނިޔާ ރައީސް މުއިއްޒުގެ ފަރާތުން އެޤައުމުގެ ރައީސަށާއި ބޮޑުވަޒީރަށް!

ޗައިނާ ޔޫތު އެކްސްޗޭންޖް ޕްރޮގްރާމްގައި ބައިވެރިވުމަށް ރާއްޖޭގެ 12 ދަރިވަރަކު ޗައިނާއަށް!





