logoEN
cocacola
ސައުތު ކޮރެއާ އަތުން ބަލިވެ ސައުދީ އަރަބިއާ މުބާރަތުން ކަޓައިފި

ސައުތު ކޮރެއާ އަތުން ބަލިވެ ސައުދީ އަރަބިއާ މުބާރަތުން ކަޓައިފި

ހަސަން ޝަމްއޫން

logo

1/31/2024, 6:50:13 AM

# ސައުދީ އަރަބިއްޔާ# ބޭރު ދުނިޔޭގެ ކުޅިވަރު# އޭއެފްސީ އޭޝިއަން ކަޕް 2024# ސައުތު ކޮރެއާ

ސައުތު ކޮރެއާ އާއި ސައުދީ އަރަބިއާ ވާދަކުރި މެޗުގެ ތެރެއިިން

ގަތަރުގައި މިހާރު ކުރިއަށްދާ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި އަންގާރަދުވަހުގެ ރޭ ޕެނަލްޓީގައި 2-1 ގެ ނަތީޖާއަކުން ސައުތު ކޮރެއާ އަތުން ބަލިވެ ސައުދީ އަރަބިއާ މުބާރަތުން ކަޓައިފި އެވެ.

ގޮސިޔާ

މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މިހާފުގައި ލަނޑުޖަހާނެ އެންމެ ހުސް ފުރުސަތެއް ލިބުނީ ސައުދީ އަށެވެ. އެގޮތުން ފުރަތަަމަ ހާފުގެ 40 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ކޯނަރެއްގައި ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއްގައި ސައުދީ ކުޅުންތެރިއަކު ބޮލުން ފޮނުވާލި ބޯޅަ ގޯލުގެ ހުރަސް ދަނޑީގައިޖެހިފައި ނިކުތް ވަގުތު ދެވަނަ ފަހަރަށް ފޮނުވާލި ހަމަލާ ވެސް އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފު ފެށިގެން ފުރަތަަމަ މިނެޓުގައި ސައުދީ ޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނުކުތް ޒުވާން ފޯވާޑް އަބްދުﷲ ރާދިފް އެވެ. މިއީ އެޓީމުގެ ސާލިހް އަލް ޝެހްރީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ސައުތު ކޮރެއާ އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގެ 9 ވަނަ މިނެޓުގައި ގުއެ ސަންގް ޗޯ އެވެ. މިލަނޑާއެކު މެޗުގެ 90 މިނެޓުގެ ކުޅުން ހަމަވެ، އިތުރު ވަގުތުގެ 15 މިނެޓުގެ ދެހާފު ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ. މިއާއެކު މެޗުގެ ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި ސައުތު ކޮރެއާ އިން ޖެހި ހަތަރު ޕެނަލްޓީ އެޓީމުން ކާމިޔާބުކުރި އިރު، ސައުދީގެ ހަތަރު ޕެނަލްޓީގެ ތެރެއިިން އެޓީމަށް ކާމިޔާބު ކުރެވުނީ ދެ ޕެނަލްޓީއެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުގައި ފެބުރުއަރީ މަހުގެ ދެވަނަ ދުވަހުގެ ރޭ ސައުތު ކޮރެއާ އިން ނުކުންނާނީ އޮސްޓްރޭލިޔާ އާއި ދެކޮޅަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ