
އެމްޑީޕީ މެންބަރުންގެ އެކަނި ރައީސް ވަކިކުރެވޭ ގޮތަށް މަޖިލީހުގެ ގަވާއިދު ބަދަލު ކުރި މައްސަލަ ސުޕްރީމް ކޯޓަށް
# ރައްޔިތުންގެ މަޖިލިސް# ސުޕްރީމް ކޯޓު# ރައީސުލްޖުމްހޫރިއްޔާ# އެމްޑީޕީރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު - ފޮޓޯ: ރައީސް އޮފީސް
އިދިކޮޅު އެމްޑީޕީ މެންބަރުންގެ ވޯޓުން އެކަނި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު މަގާމުން ވަކިކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހުގެ މައްސަލަ ސަރުކާރުން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެެވެ.

މަޖިލިސް މެންބަރުންގެ އަދަދު ގުނާ ގޮތަށް ބަދަލު ގެނައި އިސްލާހު ބާތިލު ކުރަން އެޓާނީ ޖެނަރަލް އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅީ މިދިޔަ އާދިއްތަ ދުވަހު އެވެ. ނަމަވެސް އެ މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން ވަކި ގޮތެއް އަދި ނުނިންމަ އެވެ.
އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން އިއްޔެ ވަނީ ރައީސް ޑރ. މުއިއްޒު ވަކިކުރުމަށް އިތުބާރު ނެތް މައްސަލައެއް މަޖިލީހަށް ހުށަހަޅަން ފާސްކޮށްފަ އެވެ.
ޖުމްލަ މެންބަރުން ގުނާ އަދަދަށް ބަދަލު ގެނެސްފައިވާ އިރު ރައީސާއި ނައިބު ރައީސް ވަކިކުރެވޭ މަރުހަލާތައް އަވަސް ކުރަން ވެސް މަޖިލީހުގެ ގަވައިދަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އެ އިސްލާހުތައް ހުށަހެޅީ މިހާރު އެމްޑީޕީ އާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ޑިމޮކްރެޓްސް އިންނެވެ.
ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހަޅުއްވައި މަޖިލީހުން ފާސްކުރި އިސްލާހުގައި ބުނާ ގޮތުން ރައީސާއި ނައިބު ރައީސް ވަކިކުރުމަށް މަޖިލީހަށް ގަރާރެއް ލިބިއްޖެ ނަމަ ދެ ދުވަސް ތެރޭގައި ނޯޓިސް ފޮނުވައި، އެ ދުވަހުން ފެށިގެން 14 ދުވަސް ދިނުމަށް ފަހު މައްސަލަ ކުރިއަށް ގެންދަން ޖަލްސާއެއް ބާއްވަން ޖެހޭނެ އެވެ.
އާ އިސްލާހާ އެކު، ކުރިން ދެ ގަޑިއިރަށް ކަނޑައަޅާފައި އޮތް އެ މައްސަލައިގެ ބަހުސް ތިން ގަޑިއިރަށް ވަނީ އިތުރު ކޮށްފަ އެވެ.
ރައީސާއި ނައިބު ރައީސަށް ދިފާއުގައި ވާހަކަ ދެއްކެވުމަށް 30 މިނެޓު ލިބިވަޑައިގަންނަވާއިރު، ކުރެވޭ ތުހުމަތުތަކުން ދިފާއުވެވަޑައިގަތުމަށް ތިން ވަކީލުން ގެންދެވޭނެ ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ. އޭގެ އިތުރުން ކޮމިޓީ މަރުހަލާގައިވެސް ހާޒިރުވެވަޑައިގެން ޖަވާބުދާރީވުމުގެ ފުރުސަތުވެސް ރައީސާއި ނައިބު ރައީސަށް ލިބޭނެ އެވެ.
ގުޅުންހުރި

ރައީސް ނަޝީދު އާއި ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީއަށް ސޮއިކުރާ ޖަލްސާ ހޯމަ ދުވަހުގެ ރޭ!

ނަޝީދު އެމްޑީޕީއާއި އަލުން ގުޅޭ ޖަލްސާ ބޭއްވުމަށް ސަރުކާރުން ސަލްޓަން ޕާކު ހަމަޖައްސައިދީފި

ސުޕްރީމް ކޯޓަށް ޙަމީދު އާއި ސަލީމް އައްޔަނުކުރައްވައިފި
