ޕެނަޑޯލް ބޭނުންކުރުން ހުއްޓާލަން އަންގައިފި
އަލްފާ އަލީ
1/30/2024, 5:20:31 AM
އެމްއެފްޑީއޭއިން ވަނީ ޕެނަޑޯލް ރާއްޖެއަށް އެތެރެކުރުން ވަގުތީގޮތުން މަނާކޮށްފައި ----
ރާއްޖޭގައި އާއްމުކޮށް ބޭނުން ކުރަމުން އަންނަ ބޭހެއް ކަމަށްވާ ޕެނަޑޯލްގެ ވަކި ވައްތަރެއް ބޭނުންކުރުން ހުއްޓާލުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފި އެވެ.
މިއަދު އެމްއެފްޑީއޭ އިން އާއްމު ކުރި ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގައި ބޭނުންކުރާ ބޭހުގެ ފެންވަރު ބެލުމަށްޓަކައި ކުރި ދިރާސާއެއްގައި ބޭހުގެ ބައެއް ގުޅަތައް ފުނޑުވެ, ބޭސް. ގުޅައިގެ ވަށައިގެން ބައެއް ތަންތަނުން ނެއްޓިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އާއްމުކޮށް މިހެން ދިމާވަނީ ބޭސް އުފެއްދުމުގައި ނުވަތަ ރައްކާތެރި ކުރުމުގައި ގެންގުޅެން ޖެހޭ މިންގަނޑުތައް ފުރިހަމަ ނުކުރުމުން ކަމަށް އެއިދާރާއިން ވަނީ ބުނެފައެވެ.
އެމްއެފްޑީއޭއިން ބޭނުންކުރުން ހުއްޓާލަން އަންގާފައިވަނީ ސްރީލަންކާއިން ރާއްޖެއަށް އެތެރެކޮށްފައިވާ ޕެނެޑޯލް އެވެ. އެހެން ބައެއް ގައުމުތަކުންވެސް ރާއްޖެ އަށް ޕެނެޑޯލް އެތެރެކުރެއެވެ.
އެމްއެފްޑީއޭއިން ބުނީ، އެބޭހުގައި އެއްވެސް މައްސަލައެއް އުޅޭތޯ ބަލަމުން އަންނަ ކަމަށާއި، މިކަން އިތުރަށް ބަލައި ނިމެންދެން ފާމަސީތަކުން ބޭސް ނުވިއްކުމަށް ވަނީ އެދިފައެވެ. އަދި ވަގުތީގޮތުން މި ބޭސް ރާއްޖެ އެތެރެކުރުންވެސް ވަނީ މަނާކޮށްފައެވެ. މީގެ އިތުރުން މިވަގުތު ގުދަންކުރެވިފައިހުރި މި ބޭހުގެ ސްޓޮކް ވަކިކުރުމަށްފަހު ރައްކާކުރަންޖެހޭ ފިނިހޫނު މިނުގައި ބެހެއްޓުމަށްވެސް އެއިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
ހަސަން
ތިޔައީ ހަމަ ވަރައް ގިނަފައިސާ ޕެނަޑޯލް އުފައްދާ އެކުންފުނީގެ ފަރާތުން ވެރިންނައް ލިބިގެންދާނެ ނިންމުމެއް. ދެތިން މަސްފަހުން ލާރިކޮޅު ލިބުނީމަ ހަމަ އެކުންފުނީގެ މަނާކުރި ޕެނަޑޯލް ހުއްދަވީ ކަމައް އިއުލާނުކުރެވޭނެކަން ހަމަ ޔަގީން. * ދެން ހަކީމީބާމުކޮޅެއް ލައިބިލާ