
މަޖިލީހުން މިއަދު ފެނިގެންދިޔައީ ޑިމޮކްރެސީގެ އަސްލުތަކާއި ބީރައްޓެހި މަންޒަރެއް - ނައިބު ރައީސް
# ހުސެއިން މުހައްމަދު ލަތީފު# ނައިބު ރައީސްނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް
މަޖިލީހުން މިއަދު ފެނިގެންދިޔައީ ޑިމޮކްރެސީގެ އަސްލުތަކާއި ބީރައްޓެހި މަންޒަރެއް ކަމަށް ނައިބު ރައީސް އަދި ކުރީގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް މިފަދައިން ވިދާޅުވީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ކެބިނެޓަށް ރުހުން ދިނުމަށް މިއަދު މަޖިލީހުގައި ކުރިޔަށް ގެންދަ ވޯޓުގައި ކެބިނެޓުގެ ތިން ވަޒީރަކަށް މަޖިލީހުން ރުހުން ނުދިނުމާއި ގުޅިގެންނެވެ. އެގޮތުން ބަންޑާރަ ނައިބު އަހުމަދު އުޝާމް އާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އިތުރުން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށް ރުހުންނުދޭން ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައި އެވެ.
އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން މިއަދު ފެނިގެންދިޔައީ ޑިމޮކްރެސީގެ އަސްލުތަކާއި ބީރައްޓެހި މަންޒަރެއް ކަމަށާއި ވަޒީރުންނަށް ރުހުން ނުދެއްވުމަކީ، ރައްޔިތުންގެ ނިންމުމަށް، މުޠުލަގަށް ހުރަސްއެޅުން ކަމަށެވެ.
އަދި މި ނިންމުން އަލުން މުރާޖާކޮށް، އިސްލާހުކުރައްވާނެކަމަށް އުންމީދުކުރައްވާ ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.
މިއަދު ރުހުން ނުދިން ތިން ވަޒީރު ދާދި ދެންމެ އަކު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ޑރ މުއިއްޒު ވަނީ އަލުން ވަޒީރު ކަމަށް އައްޔަނުކުރައްވައި މަގާމުގެ ފަތްކޮޅު އަރުއްވާފައި އެވެ. އެ ވަޒީރުންގެ ވަޒީރު ކަމުގެ ހުވާ ލައްވައިދެއްވި ސުޕްރީމް ކޯޓުގައި ފަޑިޔާރު ހުސްނޫ ސޫދު އެވެ.
މިއަދު ރުހުން ނުދިން ތިން ވަޒީރުންނަކީ އެމްޑީޕީ އާއި ޑިކޮމްރެޓްސްގެ ޕީޖީއިން ރުހުން ނުދޭން ނިންމެވި ވަޒީރުންތަކުގެ ތެރެއިން ވަޒީީރުންނެވެ. އެކޮނެމިކް މިނިސްޓަރ މުހައްމަދު ސައީދުއަށްވެސް ރުހުން ނުދޭން އެދެޕާޓީގެ ޕީޖީއިން ނިންމެވި ނަމަވެސް މިނިސްޓަރ ސައީދުއަށް މަޖިލިސް ތަޅުމުގައި ނެގި ވޯޓުން ރުހުން ލިބިގެން ދިޔައެެވެ.
ގުޅުންހުރި

ނައިބު ރައީސް، ޗައިނާ ސަފީރާއި ބައްދަލުކުރައްވައިފި

ނައިބު ރައީސް ، ހދ. އަތޮޅު ކައުންސިލާ ބައްދަލުކުރައްވައިފި

ނައިބު ރައީސް ހަވާއީ ގްރީން އިންފްރާސްޓްރަކްޗަރ އޮތޯރިޓީގެ އެގްޒެކެޓިވް ޑިރެކްޓަރާ ބައްދަލުކުރައްވައިފި
