
މަކަރާއި ހީލަތުން މީހެއްގެ އެކައުންޓުގައި ހުރި 39000 ރުފިޔާ ނެގި މައްސަލައެއްގައި އިންޑިއާ މީހަކު ހޯދަނީ
# ފުލުހުން# މަކަރާއި ހީލަތުގެ މައްސަލަމަކަރާއި ހީލަތުން މީހެއްގެ އަތުން ގިނައަދަދެއްގެ ފައިސާ ނަގާފައިވާ މައްސަލައިގެ ތަހުގީގަށް ހާޒިރުވުމަށް އަންގާފައިވަނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ސައި ތެޖާ މެދަރަމެޓްލާ ---
މަކަރާއި ހީލަތުގެ މައްސަލައެއްގައި އިންޑިއާގެ ރައްޔިތަކު ހޯދުމަށް ފުލުހުން އިއުލާންކޮށްފި އެވެ.

މި މައްސަލާގައި ފުލުހުން ހޯދަން އިއުލާންކޮށްފައިވަނީ، ސައި ތެޖާ މެދަރަމެޓްލާ ނަމަކަށް ކިޔާ އިންޑިއާ ރައްޔިތެއް ހޯދުމަށެވެ.
ހުޅުމާލެ ފޭސް ދޭއް ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުންދާ މަކަރާއި ހީލަތުން މީހެއްގެ އެކައުންޓުގައި ހުރި 39،000 ރުފިޔާ ނަގާފައިވާ މައްސަލައެއްގެ ތަހުގީގަށް އޭނާ ހާޒިރުކުރަން ބޭނުންވެ އުޅޭ ވަކިތަނެއް އެނގިފައިނުވާތީ ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ އޭނާ ހާޒިރުވުމަށް ފުލުހުން ވަނީ އިއުލާންކޮށްފައެވެ.
އޭނާ ހާޒިރުކުރަނީ މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް ކަމަށާއި، އަދި ހާޒިރުވާން ޖެހެނީ ހުޅުމާލެ ފޭސް ދޭއް ޕޮލިސް ސްޓޭޝަން / 2024 ފެބްރުއަރީ 3 ވަނަ ދުވަހުގެ 14:00އަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.








