logoEN
Sto top
ދޯންޏެއް އަޑިއަށް ގޮސް ކަނޑުވި ބަޔަކު ސަލާމަތް ކޮށްފި

ދޯންޏެއް އަޑިއަށް ގޮސް ކަނޑުވި ބަޔަކު ސަލާމަތް ކޮށްފި

އަލްފާ އަލީ

logo

1/28/2024, 6:04:32 AM

# ފުލުހުން# ކަނޑުމަތީ ހާދިސާ

ދޯންޏެއް އަޑިއަށް ދަނީ---- ފޮޓޯ| ފުލުހުން

ދޯންޏެއް އަޑިއަށް ގޮސް ކަނޑުވި ބަޔަކު ސަލާމަތްކޮށްފި އެވެ.

Wamco

މެރިން ޕޮލިހުން ވިދާޅުވީ އިއްޔެ ހަވީރު 6:21 ހާއިރު އަރި އަތޮޅުއާއި 19 މޭލުން 3 މީހުންނާއި އެކު ދަތުރު ކުރަމުން ދިޔަ ދޯންޏެއް އަޑިއަށް ގޮސް އޭގައި ދަތުރު ކުރަމުން ދިޔަ 3 މީހުން އެވަގުތު އެސަރަހައްދުން ދަރުރު ކުރި ފިއުލް ސަޕްލައި މޯލްޑިވްސްގެ އުޅަނދަކަށް ނަގާފައިވާ ކަމަށެވެ.

އެމީހުންގެ ތެރޭގައި ހިމެނެނީ އެއް ދިވެހި ފިރިހެނުންނާއި، 2 ބިދޭސީ ފިރިހެނުން ކަމަށް ފުލުހުން ބުނެފައިވެއެވެ. އެމީހުން މިހާރު މާލެ ގެނެސްފައިވާއިރު އެމީހުންގެ ހާލު ރަނގަޅުކަމަށްވެސް ފުލުހުން ވިދާޅުވި އެވެ.

މި ހާދިސާގައި އެ ދޯނި ވަނީ އެއްކޮށް އަޑިއަށް ގޮސްފައެވެ. މިދުވަސް ވަރަކީ މޫސުން ގޯސްވެ ވައި ގަދަ ދުވަސް ވަރަށް ވާތީ ދަތުރު ފެށުމުގެ ކުރިން މުސުމާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ސާފު ކުރުމަށާއި ސަލާމަތީ ގޮތުން ހުންނަން ޖެހޭ ތަކެތި ހަމައަށް ހުރިކަން ޔަގީން ކުރުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC