
މަސްތުވާތަކެތީގެ މައްސަލައެއްގައި ހަނިމާދޫ އިން 2 މީހަކު ހައްޔަރުކޮށްފި
# ހދ. ހަނިމާދޫ އެއާޕޯޓު# ފުލުހުންހދ. ހަނިމާދޫ ---ފޮޓޯ| ޒުވާން މަސްވެރިޔާ
މަސްތުވާތަކެތީގެ މައްސަލައެއްގައި ހދ. ހަނިމާދޫއިން ދެމީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހދ. ހަނިމަދޫގައި މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން މި ހިނގާ ޖަނަވަރީ މަހުގެ 25 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި އެރަށު ގެއެއް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށް 38 އަހަރުގެ މީހަކާއި 42 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވައިވާ ކަމަށެވެ.
މި ދެ މީހުންނަކީ ވެސް ދިވެހި ފިރިހެނުން ކަމަށާއި، މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހަނިމާދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން އެކަކު ފަސް ދުވަހަށް އަދި އަނެއް މީހާ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.


.jpg&w=3840&q=75)


%20(2).webp&w=3840&q=75)

