
ކުށްމަދުކުރުމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ނިލަންދޫގައި ކުރިއަށް ގެންގޮސްފި
# ފުލުހުން# ފ. ނިލަންދޫކުށްމަދުކުރުމަށް ފުލުހުން ނިލަންދޫގައި ހިންގި މައުލޫމާތުދިނުމުގެ ޕްރޮގްރާމް ތެރެއިން ---ފޮޓޯ| ފުލުހުން
ކުށްމަދު އަމާން މާހައުލެއް ރަށްރަށުގައި ގާއިމުކޮށް، ރައްޔިތުން ހޭލުންތެރިކުރުމަށް ފުލުހުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން، ފ. ނިލަންދޫގެ ސިނާއީ މަސައްކަތްކުރާ ސައިޓްތަކަށާއި ފިހާރަތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ނިލަންދޫ ޕޮލިސް ސްޓޭޝަނުން ހިންގައިފިއެވެ.

މި ޖަނަވަރީ މަހުގެ 22 އަދި 24 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި، ނިލަންދޫގައި ސިނާއީ މަސައްކަތްކުރާ ސައިޓުތަކާއި އެހެނިހެން މަސައްކަތްކުރާ ސައިޓުތަކަށް ޒިޔާރަތްކޮށް ސައިޓުތަކުގައި ސަލާމަތީ ގޮތުން ކަންކަން ހުރިގޮތް ބަލައި ރަނގަޅުކުރަންހުރި ކަންކަން ރަނގަޅުކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި މަސައްކަތްކުރަން ގެންގުޅޭ ސާމާނު ރައްކާތެރިކޮށް ބެލެހެއްޓުމާއި މަސައްކަތްކުރާއިރު ސަލާމަތީގޮތުން ކުރަންޖެހޭ ކަންކަން ފަރުވާތެރިކޮށް ކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.
ކުށްމަދުކުރުމަށް ފުލުހުން ނިލަންދޫގައި ހިންގި މައުލޫމާތުދިނުމުގެ ޕްރޮގްރާމް ތެރެއިން ---ފޮޓޯ| ފުލުހުން
އޭގެ އިތުރުން، ނިލަންދޫ ފިހާރަތަކަށް ޒިޔާރަތްކޮށް މުދަލާއި ފައިސާ ރައްކާތެރިކުރުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި މަކަރާއި ހީލަތުން ފައިސާ ހޯދާ މީހުންގެ ކިބައިން ސަލާމަތްވުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި އެފަދަ ކަމެއް ދިމާވެއްޖެނަމަ އަމަލުކުރާނެގޮތްތައް ކިޔައިދީފައިވެއެވެ.
މީގެ އިތުރުން ވެސް ކުޑަކުދިން ވިޔަފާރިކުރުމަށް އަންނަކަމުގައިވާނަމަ ފުލުހުންނާއި އެކުދިންގެ ބެލެނިވެރިންގެ ސަމާލުކަމަށްއެކަން އެކަން ގެނެސްދިނުމަށް އިލްތިމާސްކޮށްފައިވެއެވެ.
ގުޅުންހުރި

ނިލަންދޫ ދަޅުމަސް ބަންދުކުރާ ކާރުހާނާގެ ބިން ހިއްކުމާއި ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މާވަށުން މީހަކު ހައްޔަރުކޮށްފި

ސްކޭމްކޮށްގެން ގެއްލުނު 2 ލައްކައަށްވުރެ ގިނަ ފައިސާ އަނބުރާ ހޯދައިފި

.gif&w=3840&q=75)



